ވަގު ޑޮލަރުތަކެއްގެ މުޢާމަލާތުގެ މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.
މަކަރާއި ހީލަތް ހެދުމާއި ފޯޖަރީގެ ތުހުމަތުގައި ހައްޔަރުކުރީ ޢުމުރުން 23 އަހަރުގެ ފިރިހެނަކާއި 21 އަހަރުގެ ފިިރިހެނަކާއި 24 އަހަރުގެ އަންހެެނެކެވެ.
އެ މީހުން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން އަމުރުކުރީ 21 އަހަރުގެ މީހާ 30 ދުވަހަށް ބަންދު ކުރުމަށެވެ.
އަދި ދެން ތިބި ދެ މީހުން 40 ދުވަހަށް ބަންދު ކުރުމަށެވެ.
ކޯޓު އަމުރުގައި ބުނެފައިވަނީ އެ މީހުންގެ މައްޗަށް ތުހުމަތުކުރެވޭ ވަރަށް ހެކި ހުށަހަޅާފައިވާ ކަމަށެވެ.
ފުލުހުން މިއަދު ބުނީ މިއީ ވަގު ޑޮލަރުތަކަކާ ގުޅޭ މައްސަލައެއް ކަމަށެވެ.