މިނިސްޓްރީ އޮފް ފިނޭންސްގައި 42 އަހަރުގެ ޚިދުމަތަށްފަހު އެ މިނިސްޓްރީގެ ޗީފް ފައިނޭންސް އެގްޒެކްޓިވްގެ މަޤާމުގައި ހުންނެވި ޢަބްދުﷲ ޢަލީ މިއަދު ރިޓަޔަރ ކުރައްވައިފިއެވެ.
ޢަބްދުﷲ ޢަލީ އެ މިނިސްޓްރީއާ ގުޅިވަޑައިގަތީ 1981 ގައެވެ. އޭނާ ރިޓަޔާ ކުރެއްވުމުން މިއަދު އެ މިނިސްޓްރީގައިި ވަނީ އޭނާގެ ޚިދުމަތް ފާހަގަކުރުމުގެ ގޮތުން ހަފުލާއެއް ވެސް ބާއްވައިިފައެވެ.
އެ ހަފުލާގެ ފޮޓޯއާއެކު ކުރެއްވި ޓުވީޓެއްގައި ޢަބްދުﷲ ޢަލީ މިއަދު ރިޓަޔާ ކުރެއްވީ އެންމެންނަށް ވަރަށް ގިނަ އަގުހުރި ފިލާވަޅުތަކެއް ދަސްކޮށްދެއްވާފައި ކަމަށެވެ.
މާލިއްޔަތު ގަވާއިދު އެކުލަވާލުމާއި, ދައުލަތުގެ ފައިސާއާއި ބަޖެޓާއި ބެހޭ ކަންތައްތައް ޢަބުދުﷲ ޢަލީ ކުރައްވާފައިވަނީ އަމާނާތްތެރިކަމާއި ތެދުވެރިކަމާއެކު ކަމަށް ވެސް އަމީރު ވިދާޅުވިއެވެ.
އަދި އޭނާ ދިވެހި ދައުލަތައް ކޮށްދެވި އަގުހުރި މަސައްކަތަކީ އެންމެންނަށް ނަމޫނާއެއް ކަމަށް ވިދާޅުވެ އަމީރު ވަނީ ޢަބުދުﷲ ޢަލީ ޝުކުރު އަދާކުރައްވައިފައެވެ.