ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާގެ އަޑުއެހުމުގައި، ރިސޯޓު ތަރައްޤީކުރަން ޤާނޫނާ ޚިލާފަށް ރައްތައް ކުއްޔަށް ދޫކުރަމުންދިޔައީ ކުރީގެ ނައިބުރައީސް އަދި ޓުއަރިޒަމް މިނިސްޓަރު އަޙްމަދު އަދީބު އެކުލަވައިލެއްވި އުސޫލެއްގެ ދަށުން ކަމަށްވީ ނަމަވެސް އެކަމުގެ ޒިންމާ ރައީސް ޔާމީން ނަންގަވަންޖެހޭނެކަމަށް ދައުލަތުން ބުނެފިއެވެ.
ދައުލަތުން އެ މައްސަލައިގެ ޚުލާސާ ބަޔާން އިއްވަމުން ބުނެފައިވަނީ އެ މައްސަލާގައި، ރަށްތައް ފިޝަރީޒް މިނިސްޓްރީން ޓުއަރިޒަމް މިނިސްޓްރީއަށް ބަދަލުކުރުމުގެ ޤާނޫނީ ބާރު އޮންނަ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާކަމަށްވާތީ، ރަށްތައް ކުއްޔަށް ދޫކުރުމުގެ ފެށުން އޮންނަނީ ރައީސްގެ އަތްޕުޅުގައި ކަމަށްވާތީ ފަހުން ހިނގާ ކަންކަމުގެ ޒިންމާ ރައީސް ޔާމީން ނަންގަވަންޖެހޭނެ ކަމަށެވެ.
އަދި އޭގެ އިތުރަށް ފަތުރުވެރިކަމުގެ ބޭނުމަށް ރަށްތައް އެމްއެމްޕީއާރުސީ މެދުވެރިކޮށް ދޫކުރީ އަދީބު އެކުލަވައިލެއްވި އުސޫލެއްގެ ދަށުންކަމަށްވީ ނަމަވެސް އަދީބު މަޤާމަށް އައްޔަންކުރެއްވި ބޭފުޅަކީ ރައީސް ޔާމީންކަމަށްވާތީ އެކަމުގެ ފުރިހަމަ ޒިންމާ ރައީސް ޔާމީން ނަންގަވަންޖެހޭނެކަމަށްވެސް ދައުލަތުން ބުނެފައިވެއެވެ.
ހެކިބަހާމެދު ވާހަކަދައްކަމުން ދިފާއުން ފާހަގަކުރި އަދީބުގެ ހެކިބަހަށް ބާރުދޭ ހެއްކެއް ނެތްކަމުގެ ނުކުތާއަށް ރައްދުދެމުން ދައުލަތުން ފާހަގަކުރީ އެ މައްސަލާގައި އިކޮނޮމިކް އެންޑް ޔޫތު ކައުންސިލުން ނިންމާފައިވާ ނިންމުމާއި، އެ ނިންމުމާ ގުޅިގެން ރައީސް އޮފީހުން ދެ މިނިސްޓްރީއަކަށް ފޮނުވާފައިވާ ސިޓީން އަދީބުގެ ހެކިބަހަށް ބާރުލިބޭ ކަމަށެވެ.
ހެކިބަހާމެދު ދިފާއުން ދެއްކި ވާހަކައިގެ ތެރޭގައި ފާހަގަކޮށްފައިވަނީ ހެކިބަސްދެމުން ރައީސް ޔާމީން ގުޅުއްވައި އާރަށް ޔޫސުފް ނައީމަށް ކުއްޔަށް ދިނުމަށް އެންގެވިކަމަށް އަދީބު ވިދާޅުވެފައިވީ ނަމަވެސް އަދި އެކަމުގެ ބަދަލެއްގެ ގޮތުގައި 1 މިލިއަން ޑޮލަރު ރައީސް ޔާމީނަށް ދެއްވިކަމަށް ޔޫސުފް ނައީމް ވިދާޅުވިކަމަށް އަދީބުގެ ހެކިބަހުގައި ވިދާޅުވި ނަމަވެސް އެއިން އެއްވެސް ވާހަކައަކަށް ބާރުދޭ ހެއްކެއް ހުށަހެޅިފައިނުވާ ކަމަށެވެ.
ދައުލަތުން ބުނެފައިވަނީ މި މައްސަލާގައި ރައީސް ޔާމީނުގެ ފަރާތްޕުޅުން ކޯޓުގައި ފާހަގަކުރި ކަންކަމަށް ބަލާއިރު އެކަންކަމުންވެސް ދައުލަތުގެ ދައުވާއަށް އިތުރަށް ބާރުލިބޭ ކަމަށެވެ. އެގޮތުން ރައީސް ޔާމީނުގެ ފަރާތްޕުޅުން އެއީ ޑޮލަރުގެ މުއާމަލާތެއް ހިންގަވައިގެން ހޯއްދެވި ފައިސާކަމަށް ވިދާޅުވި ނަމަވެސް އެކަން އެނގޭނެ ހެއްކެއް ކޯޓަށް ހުށަހަޅުއްވާފައިނުވާކަމަށް ދައުލަތުން ބުނެފައިވެއެވެ.
ދައުލަތުން ފާހަގަކުރި ގޮތުގައި މި މައްސަލާގައި ރައީސް ޔާމީނަށް ޔޫސުފް ނައީމް ރިޝްވަތު ދެއްވިކަން އަދި އެ ރިޝްވަތު ރައީސް ޔާމީނު ޤަބޫލުކުރެއްވިކަން އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ ޒިޔަތުގެ ހެކިބަހުން ސާބިތުވެއެވެ.
އަދި އަދީބުގެ ފޯނުން ހޯދި ހެކިތަކެއްކަމަށް ބުނެ ހުށަހަޅާފައިވާ ހެކީގެ ޗެއިން އޮފް ކަސްޓަޑީއެއް ނެތުމުން އެއީ ކިހިނެއް ހޯދި ހެކިކަން ނޭނގޭކަން ދިފާއުން ފާހަގަކުރާތީ އެކަމަށް ދައުލަތުން ދިން ރައްދަކީ އެއީ ޑިޖިޓަލް ހެކިކަމުގައިވާތީ މާއްދީ އެހެން ހެކިތަކުގައި އޮންނަ ގޮތަށް ޗެއިން އޮފް ކަސްޓަޑީއެއް އޮތުން ލާޒިމުނުވާކަމަށެވެ.
Zinmaage vaahaka dhakkaali zinmaa akee kon echcheh Kan dhaulathah engeybaa!! Dhaulathah engeybaa ves kamakee raiyyathun bolugaa hurihaa zinmaage alhuvan, meedhen konfadha dhuppasneh tha?‘ dhaulathah nagan jehey znmaaeh neh kamah hadhaigen mulhi gaimuves mi hinganee raiyyathun felaigen.
އަދީބު ހެދި ދެމަފިރިން ކީއްވެބާ ޒިންމާ ނުކުރެވީ. އެއީ އަދީބު އުފަންކުރި ދެމީހުންނަށްވާތީ