ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާއަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވާފައިވާ ސަމަރުބްލޫ އިބްރާހީމް މަނިކު އަވަހާރަވެއްޖެއެވެ.
ސަމަރުބްލޫ އިބްރާހީމް މަނިކު އަވަހާރަވީ ވަރަށް ގިނަ ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށްފަހު އިންޑިއާގައި ފަރުވާ ހޯދަމުން ދަނިކޮށް މިއަދު ހެނދުނެވެ.
ސަމަރުބުލޫ އިބްރާހިމް މަނިކު ވަނީ 1974 އިން ފެށިގެން 2006 އާ ހަމައަށް ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގައި ވަރަށް އަގުނުކުރެވޭ ފަދަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. އަދި އެ ދާއިރާއަށް ގިނަ ބަޔަކު ނެރެދެއްވާފައެވެ.
”މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް 2022“ ޙަފްލާގައި އެމަމިކުފާނަށް ވަނީ ބްރޯޑްކާސްޓިން ލައިފްޓައިމް އެޗީވްމަންޓް އެވޯޑް އަރުވާފައެވެ. އަދި 1996 ގައި އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމް ވެސް ލިބިވަޑައިގެންފައިވެ އެވެ.