އަފްޣާނިސްތާނުގެ ކާބުލްގައި ޕާޚިސްތާނުގެ ޚާރިޖީ ވަޒީރު އަދި އަފްޣާނިސްތާނުގެ ވަގުތީ ޚާރިޖީ ވަޒީރުއާއި އެކު ދެގައުމުގެ ބޯޑަރުގެ މައްސަލަތަކާއި ގުޅޭ މަޝްވަރާތައް ކުރިއަށްގެންގޮސްފިއެވެ.
ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ހީނާ ރައްބާނީ ޚާރް އާއި އަފްޣާނިސްތާނުގެ ވަގުތީ ޚާރިޖީ ވަޒީރު އާމިރް ޚާން މުއްތަކީއާއި ބައްދަލުކޮށްފައިވަނީ ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ކާބުލްއަށް ވަޑައިގެންނެވެ.
ހީނާ ރައްބާނީ ކާބުލްއަށް ވަޑައިގެންފައިމިވަނީ ތެހްރީކް އެ ތާލިބާން ޕާކިސްތާން (ޓީޓީޕީ)އިން ޕާކިސްތާނުގެ އިސްލާމްއާބާދާއި އަފްޣާނިސްތާނު ގުޅޭ ބޯޑަރު ސަރަހައްދުގައި ހިންގަމުން އައި މަސްދުވަހުގެ ދާހިލީ ހަނގުރާމައަށް ނިންމާލިކަން އިޢުލާންކޮށް އެސަރަހައްދު ދޫކޮށްދިއުމާއި އެކުގައެވެ.
ޓީޓީޕީ ނުވަތަ ޕާކިސްތާން ތާލިބާނުން ޕާކިސްތާނުގެ ސަރުލާރާއި ހަމަނުޖެހުންތައް ހިންގަމުން އަންނަތާވެސް މިހާރު އެތައް އަހަރުތަކެއް ވަނީ ފާއިތުވެގެން ގޮސްފައެވެ. އެމީހުން ގޮވާލަމުން އަންނަނީ އެމީހުންގެ ހަނގުރާމަވެރިން ދޫކޮށްލުމަށާއި، ޕާކިސްތާނުގައި އިސްލާމީ ޝަރީޢަތްތައް ޤާއިމްކުރުމަށެވެ.
ޕާކިސްތާނުގެ ތާލިބާނުންނަކީވެސް އަފްޣާންގެ ތާލިބާނުންކަމަށްވާއިރު، ޕާކިސްތާނުގެ ތާލިބާނުންވަނީ އެގައުމުގައި ހަމަނުޖެހުން އުފެއްދުމަށް ހަނގުރާމަވެރިންނަށް އަމުރުކޮށްފައެވެ.
އޭޕްރިލް މަހުގެ ތެރޭގައި ޕާކިސްތާނުންވަނީ ޕާކިސްތާނުގެ ތާލިބާނުން ހަރަކާތްތެރިވާ އަފްޣާނިސްތާނުގެ ބޯޑަރެއްގެ ކައިރިން ވައިގެ ހަމަލާތަކެއްވެސް ދީފައެވެ.
ދެގައުމުގެ ދެމެދުގައި ކުރިއަށްދަމުންދާ ހަމަނުޖެހުންތައް ހުއްޓުމަކަށް ގެނައުމަށް ދެގައުމުން އެއްބަސްވުމަކަށް އައުމަށް ސުލްހަވެރި މަޝްވަރާތަކެއް ކުރުމަށް ދެގައުމުންވެސް ދަނީ މަސައްކަތްތައް ކުރަމުންނެވެ. ޕާކިސްތާނުން ފާހަގަކޮށްފައިވާ ގޮތުގައި ޓީޓީޕީއިން ދެކެނީ އެމީހުންނަށް ރައްކާތެރިވާނީ އަފްޣާނިސްތާނުގައި ތިބުމަށްކަމަށް ބުނެފައެވެ.