ހުޅުމާލޭ ފިހާރައަކުން ސެންޓް ފުޅިއެއް ވަގަށް ނެގި މީހަކު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.
2 މަހާއި 12 ދުވަހަށް ޖަލަށްލާން ޙުކުމް ކުރީ މި އަހަރުގެ ކުރީކޮޅު ހުޅުމާލޭ ފިހާރައަކުން ޓައިޓަން ވުޑް އިންޓެންސް ބްރޭންޑްގެ ސެންޓްފުޅިއެއް ވަގަށް ނެގި ދިވެހި ފިރިހެނެކެވެ.
ވައްކަން ކުރުމުގެ ކުށުގެ ދަޢުވާ އުފުލި ނަމަވެސް އޭނާ ވަނީ ދަޢުވާއަށް އިންކާރުކޮށްފައެވެ. ނަމަވެސް ހުށަހެޅުނު ހެކިތަކަށް ރިޢާޔަތްކޮށް އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމެވީއެވެ.
އޭނާގެ މައްޗަށް ކުށް ސާބިތުވެ ޖަލު ޙުކުމެއް އައިނަމަވެސް ޖަލު އަދަބު ވަނީ 12600 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކޮށްފައެވެ.