އަވަށްޓެރި އިންޑިއާގެ ބަގޮލްކޮޓް އަވަށުގެ މީހެއްގެ ބަނޑުން 187 ވަކި ފައިސާ ނަގާފައިވާކަމަށް އެގައުމުގެ މީޑިއާތަކުން ހާމަކޮށްފިއެވެ.
އުމުރުން 58 އަހަރުގެ މިމީހާ ޑޮކްޓަރަށް ދައްކަން ގޮސްފައިވަނީ ބަނޑުގައި ރިއްސާ ދުޅަ ވެފައި އިންނާތީ ކަމަށް ހަންގަލް ސްރީ ކުމަރެޝްވަރ ހޮސްޕިޓަލުގެ ޑޮކްޓަރުން ވަނީ ހާމަކޮށްފައެވެ. އަދި ވަގުތުން އެކްސްރޭ ނެގުމަށްފަހުގައި، އޭނާގެ އޮޕަރޭޝަން ކުރުމަށްފަހު ވަނިީ ވަކި ލާރި ނަގާފައި ކަމަށް ވެސް ޑޮކްޓަރުން ވަނީ ހާމަކޮށްފައެވެ.
އޭނާ މި ފައިސާތައް ދިރުވާލާފައި ވަނީ އެކި ދުވަސްތަކުގެ މަތިން ކަމަށް ވެސް އެގައުމުގެ މީޑިއާތަކުން ވަނީ ހާމަކޮށްފައެވެ.
އެގޮތުން ފާއިތުވި 3 މަސްތެރޭ އޭނާ ދިރިވާލި ވަކި ފައިސާގައި 1.5 ހުރިކަމަށާއި ވަކި ފައިސާތައް ބަނޑުގެ އެކި ތަންތާ ހުރުމުން އޮޕަރޭޝަންއަށް ދެ ގަޑިއިރު ހޭދަވެފައިވާ ކަމަށް ވެސް ޑޮކްޓަރުން އާއި ހަވާލާދީ މީޑިއާއިން ވަނީ ހާމަކޮށްފައެވެ.