ބޮލީވުޑްގެ ބަތަލާ އަނަންޔާ ޕާންޑޭ އާއި އިޝާން ކައްކަރާގެ ލޯބީގެ ގުޅުމަކީ އެންމެންގެ ފޭވަރިޓްއަށް ވެގެން ދިޔަ ގުޅުމެކެވެ.
މި ދެފަންނާނުން އެއްކޮށް ކުޅެފައިވާ ”ކާލީ ޕީލީ“ ފިލްމުގެ ޝޫޓިން އިން ދިމާވެ ލޯބީގެ ގޮތުން ގުޅިގެން 2 އަހަރު އުޅުމަށް ފަހުގައި ރުޅިވި ހަބަރަކީ އެތައް ބަޔަކު އާޝޯހު ކުރުވި ހަބަރެކެވެ.
މީޑިއާ ތަކުން ހާމަކޮށްފައިވާ ގޮތުގައި މި ގުޅުން ނިންމާލަން ޖެހުން ސަބަބަކީ އަނަންޔާ މި ފަހުން ކުޅެފައިވާ ފިލްމު ”ލައިގާ“ ގެ ބަތަލް ވިޖޭ ދެވަރަކޮންޑާ ފަހަތުން އަނަންޔާ އުޅެން ޖެހުމުން އެކަމާއި ހިތްހަމަ ނުޖެހިގެން ކަމަށެވެ.
އެގޮތުން އަނަންޔާ ވަނި ވިޖޭ އާއި އެކަހަރިކޮށް ބައްދަލު ވެސް ކޮށްފައި ކަމަށާއި އެކަން ފަޅާ އެރުމުން އެ ގުޅުން އިޝާން ނިންމާލީ ކަމަށް ވެސް މީޑިއާ ތަކުން ވަނީ ހާމަކޮށްފައެވެ.
އަނަންޔާ ވަނީ “ލައިގާ”ގެ ޕްރޮމޯޝަންގެ ތެރެއިންވެސް އޭނާ ވިޖޭ އާއި ރައްޓެހިވާން ބޭނުން ވެގެން އެކަން ހުށަހެޅި ކަމަށް ބުނެފައި އެވެ. އެކަމަކު އެވާހަކައަށް ވިޖޭ ވަކި ޖަވާބެއް ނުދޭ ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ.