ބޮލީވުޑްގެ ނެށުންތެރިޔާ މަލައިކާ އަރޯރާގެ ރިއަލިޓީ ޝޯ ”މޫވިން އިން ވިތު މަލައިކާ“ ގެ ޕްރޮމޯއެއް އާންމުކޮށްފިއެވެ.
އެގޮތުން އޭނާގެ ޕްރޮމޯ ވީޑިއޯ އާއި އެކު ވަނީ އެ ޝޯ ޕްރީމިއާކުރާ ތާރީހު ވެސް އާއްމުކޮށްފައެވެ. މި ޝޯ އަކީ މަލައިކާގެ ލައިފްސްޓައިލް ފެނިގެން ދާނެ ޝޯއެކެވެ. މަލައިކާ ޒާތީ އެތައް ވާހަކައެއް ވެސް މި ޝޯގައި ހިއްސާ ކުރާނެއެވެ.
އެގޮތުން މި ޝޯ ބެލުންތެރިންނަށް ގެނެސްދޭނީ ޑިޒްނީ ޕްލަސް ހޮސްޓާއިންނެވެ. މި ޝޯ ޕްރީމިއާކުރާ ތާރީހު އިއުލާންކުރިއިރުގައި ގިނަ ދުވަސްތަކެއް ފަހުން ކުޅުނު ފުރަތަމަ އައިޓަމް ލަވަ ވެސް އާއްމުކޮށްފައެވެ.
އުމުރުން 49 އަހަރުގެ މަލައިކާ އަކީ މީގެ ކުރިން ބޮލީވުޑްގެ ގިނަ އައިޓަމްސް ލަވަ ތަކަކުން ފެނިގެން ގޮސްފައިވާ ފަންނާނެކެވެ. އޭނާގެ ނެށުމުގެ ހުނަރާއި އެކު އޭނާ އަންނަނީ އިންޑިއާގެ ރިއަލިޓީ އެތައް ޝޯއެއްގައި ޖަޖް ކަން ކޮށްދެމުންނެވެ.