ބޮލީވުޑްގެ ބަތަލާ އާލިއާ ބަޓް ވިހެއުމަށް ފަހު އޭނާގެ ހަށިގަނޑު ހިއްކާލައިފިއެވެ.
އެގޮތުން އާލިއާ ވިހެއުމަށްފަހުގައި ފެނުން ފުރަތަމަ ފޮޓޯއިން ވެސް އޭނާ ރީތި ހަށިގަނޑަށް އެނބުރި ދިއުމަށް ކޮށްފައިވާ މަސައްކަތް ހާމަވެގެންދެއެވެ.
އާލިއާ ވަނީ މީގެ ކުރިން ވެސް އޭނާއަށް ބަރުދަން ލުއި ކުރުމަކީ އުނދަގޫ ކަމެއް ނޫން ކަން ހާމަކޮށްފައެވެ. އެގޮތުން އޭނާ އަކީ ގަވާއިދަށް ކަސްރަތުކޮށް ސިއްޙަތަށް ފައިދާ ހުރި ކާނާ ކައި އުޅޭ މީހެއް ކަމަށް އާލިއާ ވަނީ ހާމަކޮށްފައެވެ.
މީގެ ކުރިން ހަށިގަނޑު ފަލަކޮށް ހުރި އާލިއާ ލޫޅާފަތި ހަށިގަނޑަކަށް އައުމުގެ ސިއްރަކީ ބޮލީވުޑްއެވެ. އެގޮތުން ބޮލީވުޑްއަށް އެނބުރި އައުމަށް އޭނާ ވަނީ ސިއްހަތަށް ގެއްލުން ލިބޭ ކާނާ ކެއުން ހުއްޓާލައި ކަސްރަތު ކުރަން ފަށާފައެވެ. އޭނާގެ ދުވަސް ވެސް މިހާރު ކަސްރަތާއި ނުލައި ފުރިހަމަ ނުވާ ކަމަށް އާލިއާ ވަނީ ހާމަކޮށްފައެވެ.