ރާއްޖޭގެ ބައެއް ސަރަހައްދު ތަކަށް ބިންހެލުމެއްގެ އަސަރުކޮށްފި އެވެ.
މީގެ ކުޑައިރުކޮޅެއް ކުރިން މޫސުމާބެހޭ ގައުމީ އިދާރާ އިން ގއ. އަތޮޅުގެ ބައެއް ރަށްތަކުގެ ބިންގަނޑަށް ލޮޅުމެއް އައި ކަމަށް ބައެއް ފަރާތްތަކުން ރިޕޯޓް ކޮށްފައިވާ ކަމަށް ބުނެފަ އެވެ.
މީގެ އިތުރުން މެޓް އޮފީހުން ބުނީ، ގދ. ކާޑެއްދޫގައި ގާއިމް ކޮށްފައިވާ ބިންހެލުން ރެކޯޑް ކުރާ މީޓަރަށް ރާއްޖެ ގަޑިން މިރޭ 00:11 ހާއިރު ބިންހެލުމެއްގައި އަސަރު ކޮށްފައިވާ ކަމަށް ބުނެފަ އެވެ.
އެހެންނަމަވެސް މި ބިންހެލުމާއި ގުޅިގެން ރާއްޖެއަށް ނުރައްކަލެއް ކުރިމަތި ވެދާނެ ކަމަށް ނުބެލެވޭ ކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.