ބަޖެޓު ސަޕޯޓުގެ ގޮތުގައި އިންޑިއާއިން ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމުން ރައްޔިތުން މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ފާޑުވިދާޅުވެއްޖެއެވެ.
ބޮންޑެ ވިދާޅުވީ ބަޖެޓު ސަޕޯޓުގެ ގޮތުގައި އިންޑިއާއިން ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމަކީ އުފާވެރި ހަބަރެއް ނޫން ކަމަށެވެ.
ތާއަބަދު ދަރަނިބޯ ހެދިގެން އެއް ޤައުމުން އަނެއް ޤައުމަށް ނާށިގަނޑު ހިފައިގެން ސަލާންޖަހަން ނުޖެހޭނެ ފަޚުރުވެރި ސަރުކާރެއް ގާއިމުކުރެވޭނީ އެމްޑީޕީއަށް ގެއްލިފައިވާ އިތުބާރު އަނބުރާ ހޯދައިދެވިގެން ކަމަށް ވެސް ބޮންޑެ ވިދާޅުވިއެވެ.
”އެ ކަންކުރެވޭނީ އެންމެންގެ އަންނިއަށެވެ.“ ބޮންޑެ ވިދާޅުވިއެވެ.
ބަޖެޓު ސަޕޯޓުގެ ގޮތުގައި އިންޑިއާއިން ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ ލޯނު ދިނުމުގެ ރަމްޒީ ލިޔުން ހަވާލުކުރީ މިއަދުއެވެ.
ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ލޯނުގެ ރަމްޒީ ލިޔުން ހަވާލުކޮށްދެއްވީ އިންޑިއާ ސަފީރު މުނޫ މަހާވަރްއެވެ. ދިވެހި ސަރުކާރުގެ ފަރާތުން ލިޔުމާ ހަވާލުވެވަޑައިގެންނެވީ ފޮރިން މިނިސްޓަރު ޝާހިދާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ.
Goo anni