ރާއްޖޭގައި އަލަށް އުފަންވާ ކުދިން ހަތް ދުވަހުގެ ތެރޭ ރަޖިސްޓްރީ ނުކޮށްފިނަމަ 10,000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ގުޅިގެން ޝައިޚް ޢަލީ ޒައިދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ޒައިދު މިއަދު ވިދާޅުވީ އެއީ ރަނގަޅު ނިންމުމެއް ކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށެވެ.
”މި ނިންމުން މުރާޖަޢާ ކުރުމަށް ގޮވާލަން.“
މިކަމާ ގުޅިގެން މި ވަރަށް މި ޖޫރިމަނާ ނޭގުމަކީ ސަލާމަތް ބުއްދި ހުރި އެއްވެސް މީހަކަށް އެއްބަސްވެވޭނެ ޢަދަދެއް ނޫން ކަމަށް ވެސް ޒައިދު ވިދާޅުވިއެވެ. އަދި މިއީ ރައްޔިތުންނަށް ފައިދާއަށްވުރެ ގެއްލުން ބޮޑުވާނެ ކަމެއްކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.