ހދ.ފިނޭގައި ފަނުން ތަކެތި ވިޔަން ދަސްކޮށްދިނުމުގެ ޕުރޮގުރާމެއް ހިންގުމަށް ނިންމައިފިއެވެ.
މިއީ ފިނޭ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އިންތިޒާމްކޮށްގެން ބާއްވާ ޕްރޮގްރާމެކެވެ.
ފިނޭ ކައުންސިލްގެ އިދާރާއިން މިއަދު ވަނީ އެ ޕްރޮގުރާމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވައިލާފައެވެ.
ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 01 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ.
ފިނޭ ކައުންސިލުން ވަނީ އެ އިދާރާގެ ނަންބަރު 6520027 އާ ގުޅަގެން ނުވަތަ އެ އިދާރާގެ މެއިލްއަށް މެއިލްކޮށްގެން ނަންނޯޓު ކުރުމަށް އެދިފައެވެ.