ބުދަ, ސެޕްޓެމްބަރ 27, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

އެމެރިކާއާއި އީރާން، ބޮޑު ދެ ދުޝްމަނުން: މިރޭ ވޯލްޑް ކަޕްގެ ބޮޑު މެޗަކަށް ނިކުންނަނީ

ފަޚުރުއްޒަމާން މުޙައްމަދު ލިޔުނީ: ފަޚުރުއްޒަމާން މުޙައްމަދު
ނޮވެމްބަރ 29, 2022
ކުޅިވަރު
0
އެމެރިކާއާއި އީރާން، ބޮޑު ދެ ދުޝްމަނުން: މިރޭ ވޯލްޑް ކަޕްގެ ބޮޑު މެޗަކަށް ނިކުންނަނީ

ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ސިޔާސީ ދުޝްމަނެއްކަމުގައިވާ އިންގްލޭންޑާ ވާދަކޮށް އީރާން 2-6 އިން ބަލިވިޔަސް ދެވަނަ މެޗުގައި ވޭލްސްއަތުން މޮޅުވެ އީރާން ވަނީ ގައުމުގެ ފުޓްބޯޅައިގެ ތާރީޚު އޮފުކުރަން މަސައްކަތްކޮށް ގައުމަށް އުފާވެރިކަން ގެނެސް ދީފައެވެ.

ސިޔާސީ ގޮތުން ބައިބައިވެފައިވާ އަދި ދުޝްމަންކަމުގެ ތާރީޚެއް އޮތް ދެ ގައުމު ކަމަށްވާ އީރާނާއި އެމެރިކާއާ ފުޓްބޯޅަ ދަނޑެއްގައި ނަމަވެސް ބައްދަލު ކުރުމަކީ އާދައިގެ ކަމެއް ނޫނެވެ. އަދި ހައިރާންވާން ޖެހެނީ ދުނިޔޭގެ އެކި ބައްރުތަކުގެ  32 ޓީމު 8 ގްރޫޕަކަށް ބަހާލައިގެން ކުޅޭއިރު މި ދުނިޔޭގައި އޮތް އެންމެ ދުޝްމަން ދެ ގައުމު، އެމެރިކާއާއި އީރާނު އެއް ގްރޫޕެއްގައި ހިމެނި ދެ ޓީމުގެ ކުޅުންތެރިން ރުޅިވެރިކަމެއް ދުޝްމަންކަމެއް ނުދައްކައި ޖޯޝާއި ފޯރީގައި ކުޅެން ޖެހުމެވެ. އަޅެ، ފަހެ، މިއީ ގުދުރަތުގެ ކޮންފަދަ ވަރުގަދަ ނިޒާމެއް ހެއްޔެވެ؟  މިއީ ވޯލްޑް ކަޕްގެ މެޗެއް ކަމަކު މި މެޗުގައި ރުޅިވެރިކަމާއި ނަފުރަތާއި ދެކޮޅުވެރިކަން ނޯންނާނެ ހެއްޔެވެ؟

ޤަޠަރުގެ އަލް ތުމާމާގެ އަލް ތުމާމާ ސްޓޭޑިއަމްގައި އެމެރިކާއާއި އީރާނު މުޅި ދުނިޔޭގެ ނަޒަރު ހުއްޓިފައިވާ ބޮޑު މެޗަކަށް ނިކުންނަ އިރު، ”ފީފާ“އިން ޓީމުތައް ގިންތި ކޮށްފައިވާ ގޮތަށް ބަލާއިރު ދުނިޔޭގެ ފުޓުބޯޅައިގައި އެމެރިކާ ހިމެނެނީ 16 ވަނައިގައެވެ. އީރާން އޮތީ 20 ވަނައިގައެވެ.

މޮޅުވުމާއި ދެރަވުން ބިނާ ވަނީ ގިންތީގެ މައްޗަކަށް ނޫނެވެ!

ވޯލްޑް ކަޕްގައި 1998 ވަނަ އަހަރު، އެމެރިކާއާއި އީރާން ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗަކީ އެމެރިކާގެ ފިރިހެން ގައުމީ ޓީމުގެ ޕްރޮގްރާމްގެ ތާރީޚުގައި ވެސް އެ ގައުމަށް ކުރިމަތިވި އެންމެ ލަދުވެތި އެއް ބަލިވުމެވެ. މެޗުން އީރާން މޮޅުވީ 2-1 ލަނޑުންނެވެ. އެއީ އެމެރިކާ މޮޅުވާނެ މެޗެއް ކަމަށް އެތައް މިލިއަން ބަޔަކު ގަބޫލު ކުރި އެވެ. އޭރު ”ފީފާ“ގެ ދުނިޔޭގެ ގިންތީގައި 11 ވަނައިގައި އެމެރިކާ އޮތްއިރު އީރާން އޮތީ 42 ވަނައިގައެވެ. މެޗުން ބަލިވުމުން ދެވަނަ ބުރަށް ނުދެވި އެމެރިއާގެ ކުޅުންތެރިން ފުރައިގެން ދާންޖެހުނީ ކަރުނައާއެކު ރަށަށެވެ.

އީރާނުގެ އިސްލާމީ އިންގިލާބީ ލީޑަރ ޚުމޭނީ އެމެރިކާ ސިފަކުރެއްވީ ”ބޮޑު ޝައިޠާނާ“ ގެ ނަމުންނެވެ. އީރާނުގައި އެމެރިކާއަށް ވިކި، މަގުގެއްލިފައިވާ ބަޔަކު ބުރުގާނާޅައި ވެރިކަމާ ދެކޮޅަށް އެމެރިކާއާއި ޔަހޫދީންނާއި ނަޞާރާއިންގެ އެހީ ހޯދައިގެން މުޒާހަރާ ކުރަމުން ދިޔަކަމަށްވިޔަސް އީރާނުގެ ބާރުގަދަ ދީނީ ވެރިން ގަބޫލު ކުރަނީ މިއަދު ވެސް އެމެރިކާއަކީ ޝައިޠާނެއް ކަމަށެވެ. އަދި ޝައިޠާނާއާ ކުރިމަތިލައިގެން މުސްލިމުންނަށް ކާމިޔާބު ހޯދޭނޭކަމަށެވެ.

އީރާނުގައި އަންހެނުންގެ ހައްގުތަކަށް ގޮވާލައި ކުރާ މުޒާހަރާތަކުގެ އަލީގައި، އީރާނުގެ ސަޕޯޓަރުން އަދިވެސް ތިބީ ޓީމަށް ތާއީދު ކުރާންވީތޯ ނުވަތަ ނޫންތޯ ކަނޑަ ނޭޅިއެވެ. ސަރުކާރާ ދެކޮޅު ކޭމްޕްގައި ތިބި ބައެއް މީހުން ބިރުގަންނަނީ އެމެރިކާ އަތުން އީރާން މިރޭ ހޯދާ ކާމިޔާބީއަކީ ސަރުކާރުން ޕްރޮޕެގެންޑާއެއްގެ ގޮތުގައި ބޭނުންކޮށްފާނެތީއެވެ. އެކަމުގެ ސަބަބުން އީރާނުގެ ކޯޗު ކާލޯސް ކުއެރޯޒަށް ވަނީ ދަތިތަކެއް ކުރިމަތިވެފަ އެވެ.

އީރާނާއި އެމެރިކާގެ ޒުވާނުން ގައުމީ ދިދައާއެކު: މިރޭ ވާދަކުރާނެ

މުބާރާތުގެ ފުރަތަމަ މެޗުގައި އިންގްލޭންޑާ ވާދަކޮށް އީރާން ބަލިވީ ލަދުވެތި ގޮތަކަށެވެ. ކުޅުންތެރިން ސިޔާސީ ވެގެން އުޅުނީ ވެސް މާ ބޮޑަށެވެ. އީރާނުގެ ގައުމީ ފުޓްބޯޅަ ޓީމަކީ ސަރުކާރު ހިންގާ ޕާޓީގެ ޓީމެއް ނޫންކަން ކުޅުންތެރިންނާއި ބެލުންތެރިން  ހަނދާނެއް ނެތެވެ. ގައުމީ ސަލާމަކީ ގައުމިއްޔަތާ ގުޅުންހުރިކަމެއްކަން ވެސް ނުވިސްނުނެވެ. ނަމަވެސް ވޭލްސްއާ ދެކޮޅަށް ނިކުމެ އީރާން ވަނީ މުޅިން އައު އުފާވެރި ހުނަރުވެރި މަންޒަރެއް ދައްކާފައެވެ.

މިރެއަކީ މުޅިން އެހެން ރެއެކެވެ.

އެމެރިކާއަށް މެޗުން މޮޅުވުން މަޖުބޫރެވެ. ކަން އެހެން އޮތުމުން އެމެރިކާގެ ދިފާއީ ކުޅުންތެރިންނަށް އީރާނުގެ އަޒްމޫނާއި ތަރެމީ ފަދަ ކުޅުންތެރިން ބަނދެ މައިތިރި ކުރަން ޖެހޭނެއެވެ. އީރާނުގެ ފޯވާޑުން ކަމަށްވާ ސަރުދާރު އަޒްމޫން އާއި މެހްދީ ތަރެމީއަކީ ދަނޑުގައި ހަރަކާތްތެރިވާ ތަރިތަކެކެވެ. ދެމީހުންނަކީ ވެސް ކުޅެން މަރުދޭ ދެމީހުންނެވެ. ވޯލްޑް ކަޕްގައި މިހާރު ވެސް ތަރެމީ ދެ ލަނޑު ޖަހާފައިވާއިރު، އޭނާ ވަނީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި އޭނާގެ ކްލަބް އެފްސީ ޕޯޓޯއަށް ކުޅުނު ފަސް މެޗުގައި ފަސް ގޯލު ޖަހައިދީފައެވެ.

މިރޭގެ މެޗުގައި އީރާނަށް އެއްވަރުވުމަކުން ވެސް ފުއްދާލެވޭނެއެވެ. އެކަމަކު އެމެރިކާއަށް ބޭނުން ވަނީ ހަމަ މޮޅެކެވެ. ފުރިހަމަ 3 ޕޮއިންޓެވެ.

ސިޔާސީ ކަންތައްތައް ސިޔާސީ މީހުންނަށެވެ. ހަނގުރާމައިގެ ބިރުވެރިކަން އެމެރިކާއާއި އީރާނާ ދެމެދު ކިތަންމެ ބޮޑަށް ފެތުރިފައި އޮތަސް، އީރާނާއި އެމެރިކާގެ ބޮޑު މެޗު މިރޭ ސިޔާސަތާ ނުލައި، ސާފު ހިތަކާއެކު ބަލާލުން ކިހިނެއް ވާނެ ހެއްޔެވެ؟

ޚާއްޞަ ނޯޓެއް

ޤަޠަރުގައި ކުޅެމުންދާ ވޯލްޑް ކަޕް 2022ގައި މިއަދާއި މިރޭ ކުޅޭ 4 މެޗުގެ ތެރެއިން އެންމެ ފޯރިގަދަވާނެކަމަށް ބެލެވެނީ އީރާނާއި އެމެރިކާގެ މެޗެވެ. އެ މެޗު ފަށާނީ ރާއްޖޭގެ ގަޑިން މިރޭ 12.00ގައެވެ. އަދި ހަމަ އެ ގަޑީގައި ވޭލްސްއާއި އިންގްލޭންޑް ބައްދަލު ކުރާ މެޗުވެސް ފަށައިގެން ކުރިއަށް ގެންދާނެއެވެ.

މިއަދު ހަވީރު 6.00 ގައި ކުޅެން ފަށާ އެއް މެޗުގައި ނެދަލޭންޑާއި ޤަޠަރު ވާދަ ކުރާއިރު ހަމަ އެ ގަޑީގައި ކުޅޭ އަނެއް މެޗުގައި ވާދަ ކުރާނީ، އެކުއަޑޯއާއި ސެނެގާލްއެވެ.

Tags: ވޯލްޑް ކަޕްވޯލްޑްކަޕް 2022

ގުޅުންހުރި ލިޔުންތައް

ފުރަތަމަ 2 މެޗުންވެސް ކުޑަކާއްޓެއާއި އެޑަމްގެ ޕެއާ މޮޅުވެއްޖެ

ފުރަތަމަ 2 މެޗުންވެސް ކުޑަކާއްޓެއާއި އެޑަމްގެ ޕެއާ މޮޅުވެއްޖެ

ސެޕްޓެމްބަރ 14, 2023
ތައިލެންޑް ބަލިކޮށް ކިންގްސް ކަޕް އިރާގު ކާމިޔާބުކޮށްފި

ތައިލެންޑް ބަލިކޮށް ކިންގްސް ކަޕް އިރާގު ކާމިޔާބުކޮށްފި

ސެޕްޓެމްބަރ 14, 2023
އައިއޯއައިޖީގައި ރާއްޖެއިން 28 މެޑަލް ހޯދުމުން ޓީމަށް ކުލަގަދަ މަރުހަބާއެއް ކިޔަން ތައްޔާރުވަނީ!

އައިއޯއައިޖީގައި ރާއްޖެއިން 28 މެޑަލް ހޯދުމުން ޓީމަށް ކުލަގަދަ މަރުހަބާއެއް ކިޔަން ތައްޔާރުވަނީ!

ސެޕްޓެމްބަރ 4, 2023
ރާއްޖޭގެ ފިރިހެން ބެޑްމިންޓަން ޓީމު އައިއޯއައިޖީ ފައިނަލަށް ދަތުރުކޮށްފި

ރާއްޖޭގެ ފިރިހެން ބެޑްމިންޓަން ޓީމު އައިއޯއައިޖީ ފައިނަލަށް ދަތުރުކޮށްފި

އޯގަސްޓް 29, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ތައިރޮއިޑް މައްސަލަ ހުންނަ ނަމަ ކާންވީ މިތަކެތި

    ތައިރޮއިޑް މައްސަލަ ހުންނަ ނަމަ ކާންވީ މިތަކެތި

    0 shares
    Share 0 Tweet 0
  • ވާހަކަ: ޔާރު ތިޔެ މިހިތުގެ ޝިފާ… (ދިހަވަނަ ބައި)

    0 shares
    Share 0 Tweet 0
  • ޑެންގޫ ޖެހިގެން އެއް އާއިލާގެ ދެ ބޭފުޅަކު މިއަދު ނިޔާވެއްޖެ

    0 shares
    Share 0 Tweet 0
  • ރައީސް ޞާލިޙަށް ދެން މޮޅުނުވެވޭނެކަން ގަބޫލުކުރެއްވުން އެއީ ގައުމަށް ވަރަށް ބޭނުންތެރިކަމެއް: ނަޝީދު

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In