ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ ޝަރީޢަތް ބެލުމަށް ކްރިމިނަލް ކޯޓުން އެކުލަވައިލި ފަނޑިޔާރުންގެ ބެންޗު އުވާލައިފިއެވެ.
ބޮމެއް ގޮއްވާލައިގެން ނަޝީދަށް ހަމަލާދިނީ މިިދިޔަ އަހަރުގެ މެއި ހައެއްގައެެވެ.
އެ މައްސަލައިގެ ޝަރީޢަތް ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން އެކުލަވައިލި ތިން ފަނޑިޔާރުން ހިމެނޭ ބެންޗު އުވައިލީ އެ ބެންޗަށް އެންމެ ފަހުން އައްޔަން ކުރެއްވި ގާޒީ ޙަސަން ސަޢީދު ތަނާޒުލުވުމުންމެވެ. މީގެ ކުރިން އެ ބެންޗުގައި އިންނެވި ގާޒީ އާދަމް މުޙައްމަދު ވެސް ތަނާޒުލުވިއެވެ.
ކްރިމިނަލް ކޯޓުން ބުނީ ދެން އެ މައްސަލައިގެ ޝަރީޢަތް ކުރިއަށްގެންދާނީ ގާޒީ ސޮފްވަތު ހަބީބު ކަމަށެވެ.
މިއީ މި މައްސަލަ ބަލާ ބެންޗު ބަދަލުވި ތިންވަނަ ފަހަރެވެ.
ބޮމުގެ ހަމަލާއާ ގުޅިގެން ދަޢުވާ އުުފުލާފައިވަނީ މއ.ފޭރުގޭ މުޖާޒް އަޙްމަދާއި ގއ.ކޮނޑޭ ފޮޅޭމާ ތަހުމީން އަޙްމަދާއި ގއ.ވިލިނގިލީ ހުދުރުވާގޭ ފަހުމީ ޢަލީއާއި އއ.މާޅޮސް އަސަރީގޭ މުޙައްމަދު ނާޒިމާއި ނ.މަަނަދޫ ނޫރީގެ ޢަލީ ހައިޝަމާއި މ.ކުދެހިގޭ އިސްހާގު ގެ މައްޗަށެވެ. މި މައްސަލައިގައި ވ.ތިނަދޫ ހިޔާ އަދުހަމް އަޙްމަދު ރަޝީދަށް މިދިޔަ އަހަރު ވަނީ ޙުކުމްކޮށްފައެވެ.