ޤާނޫނުތައް ހަދަނީ ރައްޔިތުންނަށް ލުއިފަސޭހަކުރުމަށް ކަމަށާއި ރައްޔިތުންނަށް ބަލާ މުސީބާތް ޖައްސާކަށެއް ނޫންކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ވިދާޅުވެއްޖެއެވެ.
ބޮންޑެ މިހެން ވިދާޅުވީ ރާއްޖޭގައި އަލަށް އުފަންވާ ކުދިން ހަތް ދުވަހުގުތެރޭ ރަޖިސްޓްރީ ނުކޮށްފިނަމަ 10000 ރުފިޔާއިން ޖޫރިމަނާކުރުމަށް އެކުލަވައިލި ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރުމާ ގުޅިގެންނެވެ.
ބޮންޑެ ވިދާޅުވީ ފިޔަވަޅު އެެޅިޔަސް އަދި ޕާޓީން ވަކިކުރިޔަސް މިފަދަ ރަހުމްކުޑަ ބޮޑެތި ޖޫރިމަނާ ފާސްކުރަން ވޯޓެއް ނުދެވޭނެ ކަމަށެވެ. އަދި ޤާނޫނު ހަދަނީ ލުއިފަސޭހަކުރާން ކަމަށާއި ރައްޔިތުންނަށް ބަލާ މުސީބާތް ޖައްސާކަށެއް ނޫންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އުފަންވުމާއި މަރުވުން ރަޖިސްޓްރީ ކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމާބެހޭ ބިލު މަޖިލީހަށް ހުށަހެޅީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުޢިއްޒެވެ. އެ ބިލު ފާސްކުރީ 52 މެންބަރުންގެ ވޯޓުންނެވެ.
ކުއްޖާވިހައިގެންހޮސްޕިޓްކްގަވަރައް ބަލިކޮންއުޅެންޖެހޭފަހަރުއާދޭ ރާއްޖޭންބޭރުގަވެސްއެބަވިހާ ދެން ހަފުތާއެއްމާމަދު ،ކައުންސިލައް ގޯމްލާއިރައް ނުނިންމާނަމަ ކައުންސިލްވެސް ޖޫރިމަނާކުރަންޖެހޭނެއެަމއައްވުރެބޮޑުކޮއް