ގެއްލިގެން ހޯދަމުން އައި ހދ.ނޮޅިވަރަންފަރު, ނޫރަންވިލާ ޙުސައިން ޢާލިމް (31އ) ފެނިއްޖެކަމަށް ފުލުހުން ދެންމެ ބުނެފިއެވެ
މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން ޢާލިމަށް ވީނުވީއެއް ނޭނގި ގެއްލިގެން އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު 14:45 ހާއިރުއެވެ.
އޭނާ ހޯދަމުންދާކަން ފުލުހުން ހާމަކުރީ މީގެ ފަންސާހަކަށް މިނެޓު ކުރިންނެވެ.
ފުލުހުން ދެންމެ ބުނީ 21:35 ހާއިރު މާލެއިން އޭނާ ފެނިފައިވާ ކަމަށެވެ. އަދި އޭނާގެ ހާލު ވެސް ރަނގަޅު ކަމަށެވެ.