ޒުވާން ފިރިހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުން މިރޭ ބުނީ ހދ.ނޮޅިވަރަންފަރު, ނޫރަންވިލާ ޙުސައިން ޢާލިމް (31އ) ގެއްލިގެން އޭނާގެ ޢާއިލާއިން ރިޕޯޓުކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ޢާލިމް ގެއްލުނީ މި މަހުގެ 23 ވަނަ ދުވަހުއެވެ. އޭނާއަށް ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު 14:45 ހާއިރުއެވެ.
ފުލުހުން ބުނީ މި މަހުގެ 23 ވަނަ ދުވަހު އޭނާ މާލެ އައިކަން އެނގިފައިވާމަށް އޭނާގެ ޢާއިލާއިން މައުލޫމާތު ދީފައިވާ ކަމަށެވެ.
ފުލުހުން ވަނީ ޢާލިމާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ 3322111 އަށްގުޅުއްވައި މަޢުލޫމާތު ހިއްސާކުރެއްވުމަށް އެދިފައެވެ.