ރައްޔިތުން މަޖިލީހުގެ މި އަހަރުގެ ފަހު ދައުރު މިއަދު ނިންމާލައިފިއެވެ.
މަޖިލީހުގެ ތިންވަނަ ދައުރު ފެށީ އޮގަސްޓުމަހުގައެވެ.
މި ދައުރުގައި 43 ޖަލްސާ ބޭއްވިއިރު ނިންމާލެވިފައިިވަނީ ހުށަހެޅުނު މަސައްކަތުގެ 54.7 އިންސައްތައެވެ. މަސައްކަތުގެ 45.3 އިންސައްތަ ނިމިފައެއް ނުވެއެވެ.
މި ދައުރުގެ ބައެއް މަސައްކަތްތައް:
42 ބިލުގެ މަސައްކަތް ކުރި. އޭގެތެރޭގައި ހިމެނެނީ ދެވަނަ ދައުރުގެ 29 ބިލާއިި މި ދައުރުގައި ހުށަހެޅި 13 ބިލު
25 ބިލުގެ މަސައްކަތް ނިންމި.
13 ގަރާރެއްގެ މަސައްކަތް ކުރި. ނިމުނީ ހަ ގަރާރެއްގެ މަސައްކަތް.
މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާ މިއަދު ކުރިއަށްދިޔައިރު 20 ކަމަކަށް ވޯޓަށް އެހިއެވެ. އޭގެތެރެއިން އަންނަ އަހަރުގެ ބަޖެޓާއި މި އަހަރުގެ ސަޕްލިމަންޓްރީ ބަޖެޓު ހިމެނެއެވެ. މަޖިލީހުގެ ބޮޑު އަޣްލަބިއްޔަތަކާއެކު ބަޖެޓާއި ސަޕްލިމަންޓްރީ ބަޖެޓު ވަނީ ފާސްކޮށްފައެވެ.