ބުދަ, ސެޕްޓެމްބަރ 27, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ބްރެޒިލްގެ ދެ ވަނަ މެޗު މިރޭ: ނޭމާއެއް ނެތް

ފަޚުރުއްޒަމާން މުޙައްމަދު ލިޔުނީ: ފަޚުރުއްޒަމާން މުޙައްމަދު
ނޮވެމްބަރ 28, 2022
ކުޅިވަރު
0
ބްރެޒިލްގެ ދެ ވަނަ މެޗު މިރޭ: ނޭމާއެއް ނެތް

ފުރަތަމަ މެޗުން ހޯދި މޮޅާއެކު ބްރެޒިލުން ވަނީ ފައިނަލުގެ ކުރިން އެ ޓީމާމެދު ބެލުންތެރިން ކުރި އުންމީދުތަކާ އެއްވަރަށް ކުޅެފަ އެވެ.

މުބާރާތުގެ ދެވަނަ މެޗަށް ބްރެޒިލް މިރޭ 9.00ގައި ސްވިޒަލޭންޑާ ދެކޮޅަށް ނިކުންނާނީ ވެސް ބޮޑު ނުރައްކަލާ ކުރިމަތިލާން ނުޖެހި މެޗުން މޮޅުވުމުގެ ފުރިހަމަ ޔަގީން ކަމާއެކުގަ އެވެ.

ބްރެޒިލް ފުރަތަމަ ވާދަކުރި ސާބިއާއަކީ މުބާރާތުގެ ގޮތް ނޭނގޭ މޮޅު ބަޔަކަށް ވެދާނެކަމަށް ހީކުރެވުނަސް ބްރެޒިލް މޮޅަށް ކުޅެމުން ދިޔަވަރަކަށް ސާބިއާ ފެންނަމުން ދިޔައީ އާދައިގެ ޓީމެއްގެ ގޮތުގައެވެ. އެމީހުންނަށް ކުރެވުނު އެންމެ ”މޮޅު“ ކަމަކީ ބްރެޒިލްގެ ތަރި ނޭމާ 9 ފަހަށް ބިންމައްޗަށް ވައްޓާލުމުގެ އިތުރަށް އޭނާއަށް އަނިޔާކޮށް ދަނޑުން ބޭލުމެވެ. އެކަމާ ގުޅިގެން ނޭމާއަށް މިއަދު ނުކުޅެވެއެވެ. އަދި ގްރޫޕް ސްޓޭޖުގައި ޑިސެމްބަރ 3 ވަނަ ދުވަހު ކެމަރޫނާ ދެކޮޅަށް ވެސް ދަނޑަކަށް ނޭރޭނެއެވެ.

ރެފްރީގެ ފުރަރަތަމަ ކަށިގަނޑުން ފެށިގެން ފަހު ކަށިގަނޑާ ހަމައަށް ވެސް އަދި ނޭމާއަށް އަނިޔާވެގެން ދަނޑުން ބޭލުމުން ވެސް ބްރެޒިލް ކުޅުނީ ވަރަށް އޮމާސް އަދި ލޯބިލޯބި ފުޓްބޯޅައެކެވެ. ރިޗާލިސަން މެޗުގައި ދެ ލަނޑު ޖެހިއިރު އޭނާ ”އުޑަކު ބިމަކު“ ނުޖެހި ވައިގެތެރޭގައި އޮވެ ޖެހި ގޯލަކީ މުބާރާތުގައި މިހާތަނަށް ފެނުނު އެންމެ ފައްކާ ގޯލެވެ. ބްރެޒިލްގެ މޮޅުކަމަކީ އަބަދުވެސް އެހެން މީހުންނަށް ނުކުރެވޭ ކޮންމެ ވެސް މޮޅުކަމެއް ކުރުމެވެ.

މީހުން އެދޭފަދަ މޮޅު ކުޅުމެއް އިންގްލިޝް ޕްރިމިއަރ ލީގްގެ ޓޮޓެންހަމް ހޮޓްސްޕާސްގައި ރިޗާލިސަން އަކަށް ނުކުޅެވުނެވެ. އަދި 60 މިލިއަން ޕައުންޑުގެ ބޮޑު އަގަކަށް އޭނާ އެވަޓަންއަށް ގެންދިޔަ ފަހުން ވެސް އޭނާއަށް އާދަޔާ ޚިލާފުކަމެއް ކްލަބުގައި ނުދެއްކެވެ. ނަމަވެސް ގައުމީ ޓީމުގައި އޭނާ ދަނީ ތަފާތު ވިދުވަރެއް ދައްކަމުންނެވެ. ގޯލުޖެހުމުގެ ރޮނގުންނެވެ. ލާނެތްކަމުގެ ރޮނގުން ވެސް މެއެވެ.

ވޯލްޑް ކަޕް ފަސް ފަހަރު ކާމިޔާބުކުރި ބްރެޒިލް ޖެހިޖެހިގެން އަށް މެޗުން މޮޅުވެފައިވާ އިރު 2021 ގެ ކޮޕާ އެމެރިކާގެ ފައިނަލުން ބަލިވި ފަހުން އެ ޓީމަށް އަދި ނާކާމިޔާބީއަކާ ކުރިމަތިލާކަށް ނުޖެއެއެވެ. އެޓީމުން 28 ގޯލް ޖަހާފައިވާއިރު، ސާބިއާއާ ދެކޮޅަށް ކުޅުނު މެޗުގައި އެންމެ ދެ ގޯލު ކާމިޔާބު ކުރެވުނު ނަމަވެސް އެއީ އެއަށްވުރެ މާ ގިނަ ގޯލުތަކެއް ފެންނަންވާނެ މެޗެކެވެ.

ސްވިޒަލޭންޑުގެ ކުޅުންތެރިން: ވަރުގަދަ ދިފާއީ މެޗެއް ކުޅޭނެ

ސާބިއާގެ ނަސީބު ރަނގަޅު ކަމުން ބްރެޒިލުންއިން ދިން ގިނަ ހަމަލާތައް ބޭކާރުކޮށްލެވުނެވެ. އެ މަސައްކަތުގައި މުހިއްމު ދައުރެއް އަދާކުރީ ގޯލަށް ކުޅުނު އަދި ރަނގަޅު ފޯމެއްގައި ހުރި ކީޕަރު މިލިންކޯވިޗްއެވެ. ބްރެޒިލްއިން ލަނޑު ޖަހަން 24 ފަހަރު ކުރި މަސައްކަތް، ޓީމާއި ކީޕަރުގެ މަސައްކަތުން ނާކާމިޔާބު ކޮށްލެވުމަކީ ސާބިއާއަށް ލިބުނު ބޮޑު ކާމިޔާބީ އެކެވެ.ސްވިޒަލޭންޑުގެ ކުޅުންތެރިން: ވަރުގަދަ ދިފާއީ މެޗެއް ކުޅޭނެ

ސާބިއާ މެޗަށް ފަހު ބްރެޒިލް މިރޭ ސްވިޒަލޭންޑާ ކުރިމަތިލާއިރު އިވޭ ބޮޑު ޚަބަރަކީ ފައިގެ ކުޑަހުޅަށް އަނިޔާވެފައިވާތީ މިރޭގެ މެޗުގެ އިތުރަށް ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ވެސް ނޭމާއަށް ނުކުޅެވޭނެ ކަމުގެ ހިތި ހިތާމަވެރި ޚަބަރެވެ.

ޕެރިސް ސެއިންޓް ޖާމައިންއަށް ކުޅޭ ނޭމާއަށް ބްރެޒިލް ޓިމުގެ ކޯޗު ޓިޓޭ ދީފައި އޮންނަނީ ވަރަށް މިނިވަން ދައުރެއް އަދާކުރާށެވެ. މެދުތެރެއިން ހަމާލާތައް ރާވައި ހަމަލާތައް އުފައްދައި އަމާޒަށް ފޮނުވުމާއި ކުރިއަށް ކުޅޭ އެހެން ކުޅުންތެރިންނަށް ޖާގަތަނަވަސް ކޮށްދިނުމަކީ ނޭމާގެ މަސްއޫލިއްޔަތެކެވެ. ނޭމާ ނެތުމުން ފްރެޑް ފަދަ ކުޅުންތެރިއަކަށް ކޯޗު ޖާގަ ދީފާނެއެވެ. ތިން ކުޅުންތެރިން ބޭނުންކޮށްގެން ވެސް ނޭމާ މައިތިރި ނުކުރެވިގެން އުޅެން ޖެހޭ ގޮތަށް ފްރެޑާ މެދު ވިސްނާކަށް ދިފާއީ ކުޅުންތެރިންނަކަށް ނުޖެހޭނެއެވެ.

ބްރެޒިލް ޓީމަށް ނޭމާއާ ނުލައި ކުޅެން އުނދަގުލަކަށް ނުވާނެއެވެ. ނަމަވެސް ނޭމާގެ އުދަގޫ އިދިކޮޅު ޓީމަށް ފޯރާ ގޮތަށް އެހެން ކުޅުންތެރިއެއްގެ ފަރާތުން ނުފޯރުވޭނެއެވެ.

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ސްވިޒަލޭންޑަށް މިރޭގެ މެޗުގައި އެންމެ ފުރަތަމަ ވެސް ޖެހޭނީ ދިފާއީ ކުޅުމެއް ކުޅެ ލަނޑެއް ޖަހާނެ ޖާގަ ހޯދުމަށެވެ. ލަނޑެއް ޖެހުމަށްފަހު ދިފާއަށް ފޭބުމުގެ ފުރުސަތު ބްރެޒިލްއާ ވާދަކޮށް ސްވިޒަލޭންޑަށް ލިބޭނޭ ކަމަކަށް ނުބެލެވެއެވެ.

ސާބިއާއަށްވުރެ ސްވިޒަލޭންޑުގެ ދިފާއީ ފާރު ތަންކޮޅެއް ވަރުގަދައެވެ. ނަމަވެސް ބްރެޒިލްގެ ހަރަކާތް އަވަސް ފޯވާޑުންނާއި މެދުތެރެއަށް ކުޅޭ ކުޅުންތެރިން ގުޅިގެން އުފައްދާ ހަމަލާތަކުން ސްވިޒަލޭންޑްކޮޅަށް ލަނޑެއް، ދެ ލަނޑު ޖަހައިގެން ބްރެޒިލްއަށް  މޮޅުނުވެވެންވީ ސަބަބެއް ނެތެވެ.

ތިރީގައި އެވަނީ މިއަދާއި މިރޭ ވޯލްޑް ކަޕް 2022 ގައި ކުޅެން ހަމަޖެހިފައިވާ މެޗުތަކާއި ކުޅެން ފަށާނެ ގަޑިތަކެވެ.

ކެމަރޫން-ސާބިއާ ހަވީރު  3.00ގައި،

ސައުތު ކޮރެއާ-ގާނާ، އިރުއޮއްސި 6.00ގައި،

ބްރެޒިލް-ސްވިޒަލޭންޑް، ރޭގަނޑު 9.00ގައި،

ޕޯޗުގަލް–އުރުގުއޭ 12.00ގައި

Tags: ވޯލްޑް ކަޕްވޯލްޑްކަޕް 2022

ގުޅުންހުރި ލިޔުންތައް

ފުރަތަމަ 2 މެޗުންވެސް ކުޑަކާއްޓެއާއި އެޑަމްގެ ޕެއާ މޮޅުވެއްޖެ

ފުރަތަމަ 2 މެޗުންވެސް ކުޑަކާއްޓެއާއި އެޑަމްގެ ޕެއާ މޮޅުވެއްޖެ

ސެޕްޓެމްބަރ 14, 2023
ތައިލެންޑް ބަލިކޮށް ކިންގްސް ކަޕް އިރާގު ކާމިޔާބުކޮށްފި

ތައިލެންޑް ބަލިކޮށް ކިންގްސް ކަޕް އިރާގު ކާމިޔާބުކޮށްފި

ސެޕްޓެމްބަރ 14, 2023
އައިއޯއައިޖީގައި ރާއްޖެއިން 28 މެޑަލް ހޯދުމުން ޓީމަށް ކުލަގަދަ މަރުހަބާއެއް ކިޔަން ތައްޔާރުވަނީ!

އައިއޯއައިޖީގައި ރާއްޖެއިން 28 މެޑަލް ހޯދުމުން ޓީމަށް ކުލަގަދަ މަރުހަބާއެއް ކިޔަން ތައްޔާރުވަނީ!

ސެޕްޓެމްބަރ 4, 2023
ރާއްޖޭގެ ފިރިހެން ބެޑްމިންޓަން ޓީމު އައިއޯއައިޖީ ފައިނަލަށް ދަތުރުކޮށްފި

ރާއްޖޭގެ ފިރިހެން ބެޑްމިންޓަން ޓީމު އައިއޯއައިޖީ ފައިނަލަށް ދަތުރުކޮށްފި

އޯގަސްޓް 29, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ތައިރޮއިޑް މައްސަލަ ހުންނަ ނަމަ ކާންވީ މިތަކެތި

    ތައިރޮއިޑް މައްސަލަ ހުންނަ ނަމަ ކާންވީ މިތަކެތި

    0 shares
    Share 0 Tweet 0
  • ވާހަކަ: ޔާރު ތިޔެ މިހިތުގެ ޝިފާ… (ދިހަވަނަ ބައި)

    0 shares
    Share 0 Tweet 0
  • ޑެންގޫ ޖެހިގެން އެއް އާއިލާގެ ދެ ބޭފުޅަކު މިއަދު ނިޔާވެއްޖެ

    0 shares
    Share 0 Tweet 0
  • ރައީސް ޞާލިޙަށް ދެން މޮޅުނުވެވޭނެކަން ގަބޫލުކުރެއްވުން އެއީ ގައުމަށް ވަރަށް ބޭނުންތެރިކަމެއް: ނަޝީދު

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In