ބުދަ, ސެޕްޓެމްބަރ 27, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ހުޅުމާލޭގެ މަގުތަކުގެ ލޭންތަކަށް ބޮޑެތި ބަދަލްތަކެއް

އަޒްފާ ރަޝީދު ލިޔުނީ: އަޒްފާ ރަޝީދު
ނޮވެމްބަރ 28, 2022
ޚަބަރު
0
ހުޅުމާލޭގެ މަގުތަކުގެ ލޭންތަކަށް ބޮޑެތި ބަދަލްތަކެއް

ހުޅުމާލެގައި ދިރިއުޅޭ އަދި އެކިބޭނުންތަކަށް ހުޅުމާލެ ޒިޔާރާތްކުރައްވާ ފަރާތްތަކަށް ފަސޭހަކަމާއިއެކު ދަތުރުފަތުރުކުރެވޭނެފަދަ އިންތިޒާމް ގާއިމްކުރުމުގެ ގޮތުން ހުޅުމާލެގެ މަގުތަކަށް ބަދަލުގެނައުމަށް ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ނިންމައިފިއެވެ.

އެޗްޑީސީން ބުނީ، ހުޅުމާލެ ނިރޮޅުމަގާއި އަދި އެހެނިހެން މަގުތަކުގައިވެސް ލޭންތަކަށް ބަހައިލުމުގެ ކުރެހުމުގެ މަސައްކަތް އެކޯޕަރޭޝަނުން ފަށާފައިވާކަމަށެވެ.

އެގޮތުން ބަހަށް ޚާއްސަކޮށްގެން، ބަސް ދުއްވާ ފަރާތްތަކަށް އިތުރު ލުއިފަސޭހަތަކެއް ހޯދައިދިނުމުގެ ގޮތުން ބަސް ލޭނެއްވަނީ ކަނޑައަޅާފައެވެ. އަދި މީގެ އިތުރުން އެހެނިހެން ވެހިކަލްތަކަށާއި ބައިސިކަލް ދުއްވުމަށްވެސް ޚާއްސަ ލޭނެއް ވަނީ ކަނޑައަޅާފައެވެ.

މިއީ، ހުޅުމާލެގައި ގިނަ މީހުން އާބާދުވުމާއި ގުޅިގެން، ދުނިޔޭގެ ސްޓޭންޑަޑަށް ހުޅުމާލޭގެ މަގުތައް ގެނެވުމަށާއި ޓްރެފިކްގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން ކުރެވިގެންދާ ވަރަށް މުހިއްމު މަސައްކަތެއް ކަމަށް އެޗްޑީސީން ބުނެއެވެ.

ހުޅުމާލޭގެ މެއިން މަގުތަކުގައި 13.2 މީޓަރުގެ ފުޅާމިންހުރެއެވެ. އެގޮތުން 4 ލޭނަކަށް ބަހާލައިގެން އެއްފަހަރާ 4 ވެހިކަލް އެއް މަގުން ދުއްވޭނެގޮތަށް އެޗްޑީސީން ވަނީ ޕްލޭން އެކުލަވާލާފައެވެ.

މިބަދަލު ގެނެވުމަށް މިހާތަނަށް އެ ކޯޕަރޭޝަނުން މަސައްކަތް ފަށާފައިވަނީ ހުޅުމާލެގެ ނިރޮޅުމަގުގެ އިތުރުން ސެންޓްރަލް ޕާކް ވަށައިގެން އޮންނަ މަގެވެ.
މިބަދަލާއިއެކު ހުޅުމާލެގެ ނިރޮޅުމަގުގައި އެއްވެސް ގޮތަކަށް ވެހިކަލް ޕާކުކުރެވިފައި ނުބެހެއްޓޭނެއެވެ. އެހެން ނަމަވެސް ނިރޮޅުމަގުގައި ހުންނަ ފްލެޓުތަކާއި ގެތަކުގެ ކައިރީގައި ޕާކްކުރުމުގެ އިންތިޒާމް އެޗްޑީސީގެ ފަރާތުން ހަމަޖައްސައިދެވިގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

އަދި މިހާރުވެސް ގިނަ ޕާކިންގ ލޮޓްތަކެއް ހުޅުމާލެގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރެވި، ޕާކު ކުރެވޭނެ އިތުރު ތަންތަން ގާއިމުކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުންދަނީ ކުރަމުންނެވެ.

ހުޅުމާލެގެ ޕަބްލިކް ޓްރާންސްޕޯޓްގެ މަސައްކަތްތަކުގެ ތެރެއިން ހުޅުމާލެގައި ބައިސިކަލް ލޭނެއް ގާއިމްކުރުމުގެ ގޮތުން ބައިސިކަލް ލޭން ކުރެހުމުގެ މަސައްކަތް އެޗްޑީސީން ވަނީ މިހާރު ފަށާފައެވެ.

އެގޮތުން 4 ލޭން އަކަށް މަގު ބަހާލެވިފައިވާއިރު، ބަސް ލޭންއަކާއި ސައިކަލު ދުއްވާ ލޭންގެ އިތުރުން އެއް ލޭން ކަނޑައަޅާފައިވަނީ ބައިސިކަލް ދުއްވާ ފަރާތްތަކަށް ބޭނުންކުރުމުގެ ގޮތުންނެވެ.

ހުޅުމާލެގައި ބައިސިކަލް ލޭންއެއް ކަނޑައެޅުމުގެ އެންމެ ބޮޑު އެއް މަގްސަދަކީ، ބާރު ސްޕީޑްގައި ދުއްވާ އުޅަދުތަކަށް ދަތިނުވާގޮތަށް މަގުގެ އެއްފަޅިން ބައިސިކަލް ދުއްވުމަށް ހާއްސަ ސަރަހައްދެއް ކަނޑައެޅިފައިވުމުން ދުއްވާ ފަރާތްތަކަށް ދަތިތަކާއި ކުރިމަތިލާންނުޖެހި މަގު ބޭނުންކުރުމުގެ ފުރުސަތު ދިނުން ކަމަށް އެޗްޑީސީން ބުނެއެވެ.

މީގެއިތުރުން، ބައިސިކަލް ދުއްވާ ރޫޓު ފާހަގަކުރުމުގެ ގޮތުން ނޫކުލަ، ބައިސްކަލްލޭނަށް ހާއްސަ ކުރުމަށް އެ ކޯޕަރޭޝަނުންވަނީ ނިންމާފައެވެ.
މިބަދަލާއިއެކު، މަގުގެ ހިނގާ ފަރާތްތަކަށް ފަސޭހަވާނެގޮތަށް ޑިރެކްޝަނަލް ތީރުތަކެއް މަގުގެ ތާރުމަތީގައި ކުރެހިފައި ހުންނާނެއެވެ.
ހުޅުމާލެގައި މިފަދައިން ލޭންތަކެއް ކަނޑައަޅާ މި ލޭނާއި އެއްގޮތަށް ދަތުރުފަތުރުގެ ކަންކަން ކުރަން ފެށުމުން އާންމުންނަށް ލުއިފަސޭހަވާނެކަމަށް ކަމަށާއި މިކަމުގައި އާމުންގެ އެއްބާރުލުން ބޭނުންވާ ކަމަށް އެޗްޑީސީން ބުނެއެވެ.

Tags: ހުޅުމާލެއެޗްޑީސީ

ގުޅުންހުރި ލިޔުންތައް

ފުރަތަމަ ބުރަށް ފަހު އެމްޑީޕީ ހަމަހިމޭންވީ ބަލި ގަބޫލުކޮށް- މައުރޫފް

ފުރަތަމަ ބުރަށް ފަހު އެމްޑީޕީ ހަމަހިމޭންވީ ބަލި ގަބޫލުކޮށް- މައުރޫފް

ސެޕްޓެމްބަރ 27, 2023
ރައީސް ދޫކޮށް، އެމްޑީއޭ އިން މުއިއްޒަށް ތާއީދުކުރަން ނިންމައިފި

ރައީސް ދޫކޮށް، އެމްޑީއޭ އިން މުއިއްޒަށް ތާއީދުކުރަން ނިންމައިފި

ސެޕްޓެމްބަރ 27, 2023
އެއްވެސް މީހަކަށް އަނިޔާއެއް ދީފައި ނޯންނާނެ: މުޢިއްޒު

އެއްވެސް މީހަކަށް އަނިޔާއެއް ދީފައި ނޯންނާނެ: މުޢިއްޒު

ސެޕްޓެމްބަރ 26, 2023
ހަތަރު ކިލޯގެ ޑްރަގާއެކު ދެ ދިވެހިންނާއި ދެ ބިދޭސީއަކު ހައްޔަރުކޮށްފި

މީހަކު ރަހީނުކޮށް ފައިސާ ފޭރުނު މައްސަލަ: 200,000 އަށްވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިމެނޭ

ސެޕްޓެމްބަރ 26, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ތައިރޮއިޑް މައްސަލަ ހުންނަ ނަމަ ކާންވީ މިތަކެތި

    ތައިރޮއިޑް މައްސަލަ ހުންނަ ނަމަ ކާންވީ މިތަކެތި

    0 shares
    Share 0 Tweet 0
  • ވާހަކަ: ޔާރު ތިޔެ މިހިތުގެ ޝިފާ… (ދިހަވަނަ ބައި)

    0 shares
    Share 0 Tweet 0
  • ޑެންގޫ ޖެހިގެން އެއް އާއިލާގެ ދެ ބޭފުޅަކު މިއަދު ނިޔާވެއްޖެ

    0 shares
    Share 0 Tweet 0
  • ރައީސް ޞާލިޙަށް ދެން މޮޅުނުވެވޭނެކަން ގަބޫލުކުރެއްވުން އެއީ ގައުމަށް ވަރަށް ބޭނުންތެރިކަމެއް: ނަޝީދު

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In