ހޮލީވުޑްގެ މަޝްޙޫރު ލަވަކިޔުންތެރިޔާ އާރިއާނާ ގްރާންޑޭގެ ފްރެގްރެންސް ލައިނުގެ ސެންޓުތައް ވިއްކާގެން އޭނާއަށް ބޮޑު އާމްދަނީއެއް ލިބިފައިވާ ކަމަށް މީޑިއާ ތަކުން ހާމަކޮށްފިއެވެ.
އެގޮތުން އާރިއާނާއަށް ވަނީ ގްލޯބަލް ރިޓެއިލް ސޭލްސްގެ ގޮތުގައި އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައި ކަމަށް ވެސް މީޑިއާ ތަކުން ވަނީ ހާމަކޮށްފައެވެ.
އެހެން ފަންނާނުން އެކޭ ވެސް އެއްފަދައިން އާރިއާނާއަކީ ވެސް 2015 ވަނަ އަހަރުން ފެށިގެން ރީތިވާ ސާމާނާއާއި އެކި ބާވަތުގެ ސެންޓު ވިއްކުމުގެ ވިޔަފާރި ކުރަމުން އަންނަ ތަރިއެކެވެ. އޮންލައިންކޮށް ފެށި މި ވިޔަފާރި ފުޅާކުރަމުން މިހާރު ދަނީ ފިހާރަތަކަށް ވެސް އާރިއާނާގެ ރީތިވާ ސާމާނާއި ސެންޓު ވިއްކަމުންނެވެ.
އާރިއާނާގެ ޕްރޮޑަކްޓްތަކީ ވަރަށް ޑިމާންޑް ބޮޑު ޕްރޮޑަކްޓް ތަކެވެ. އެގޮތުން ފިހާރަތަކަށް އޭނާގެ ޕްރޮޑަކްޓްތައް ވިއްކަން ލުމާއި އެކު 3، 4 ދުވަސް ތެރޭ ހުސް ހުރިހާ އެއްޗެއް ވިކިގެން ދެއެވެ. އާރިއާނާގެ ވިޔަފާރި އިތުރަށް ފުޅާ ކުރުމަށް އޭނާ އަންނަނީ އިތުރު ރީތިވާ ސާމާނު އުފެއްދުމުގެ ޕްލޭން ކުރަމުން ކަމަށް ވެސް މީޑިއާ ތަކުން ވަނީ ހާމަކޮށްފައެވެ.