ކެރެޓަކީ އަހަރެމެންގެ ތެރޭގައި ވަރަށް މަޤުބޫލު ތަރުކާރީއެކެވެ.
އާއްމުކޮށް ކެރެޓު މީހުން ކައި އުޅެނީ ފްރައިޑް ރައިސް ފްރައިޑް ނޫޑްލްސް ފަދަ ކާނާއަށް އަޅައިގެންނެވެ. ނަމަވެސް ކެރެޓު ކާން އެންމެ ރަނގަޅު ގޮތަކީ ރޮލައެވެ.
ކެރެޓަކީ ލޮލުގެ ފެނުން ރަނގަޅު ކޮށްދިނުމަށް ވަރަށް ރަނގަޅު ކާނާއެކެވެ. އަދި މިނޫން ވެސް އެހެން އެތައް ގޮތަކުންވެސް ފައިދާ ކުރުވާ ކާނާ އެކެވެ.
އެގޮތުން ކެރެޓަކީ ހިތުގެ ބަލިން މީހާ ރައްކާތެރިކޮށްދޭ ތަރުކާރީއެއް ކަމަށް އެޑިންގްބާގްގައި ހުންނަ މަޝްހޫރު ވުލްފްސަން ގެސްޓްރޯއިންޓެސްޓިނަލް ލެބޯރެޓަރީގެ ދިރާސާއަކުން ވެސް ވަނީ ދައްކުވައިދީފަ އެވެ.
ކެރެޓައަކީ މެކިއުލާރ ޑީޖެނެރޭޝަން ނަމަކަށް ކިޔާ އާންމުކޮށް އުމުރުން ދޮށީ މީހުންގެ ގައިން ފެންނަ ބައްޔަކުން ސަލާމަތްކޮށްދޭ ތަރުކާރީ އެކެވެ. މީގެ އިތުރުން ކެރެޓަކީ މީހާގެ ލޭގެ ޕްރެޝަރު ދަށް ކޮށްދިނުމަށްވެސް ވަރަށް ރަނގަޅު ތަރުކާރީއެއް ކަމަށް އެތައް ޑޮކްޓަރުންނެއް ވަނީ ހާމަކޮށްފަ އެވެ.