ބޮލީވުޑްގެ ބަތަލް އަބީޝޭކް ބައްޗަން އަށް އޭނާގެ އަންހެނުން އައިޝްވާރިޔާ ރައި ފުރަތަމަ ދިމާވި އިރާއި މިހާރު ވަރަށް ތަފާތު ކަމަށް އަބީޝޭކް ހާމަކޮށްފިއެވެ.
އެގޮތުން އަބީޝޭކް އާއި އައިޝްވާރިޔާގެ ގުޅުމުގެ ކުރީކޮޅުގައި އަބަދުވެސް ކޮންމެވެސް ޒުވާބަކާއި ހިތްހަމަ ނުޖެހޭ ކަންކަމަށް ޝަކުވާ ކުރާ ކަމަށާއި އައިޝްވާރިޔާ އަކީ ވަރަށް ބޮޑާ ގޮތްދޫ ނުކުރާ މީހެއް ކަމަށް ކުރިން އޭނާއަށް ހީވެފައިވާ ކަމަށް އަބީޝޭކް ވަނީ ހާމަކޮށްފައެވެ.
ނަމަވެސް އަސްލު މައްސަލަ އޮތީ ދެމީހުންގެ ވާހަކަ ދެއްކުން މަދުވުމާއި އެކަކު އަނެކަކަށް ދޭން ޖެހޭ ވަރަށް ވަގުތު ނުދެވޭތީކަން އޭނާއަށް ފަހުން އިނގުން ކަމަށް އަބީޝޭކް ވަނީ ހާމަކޮށްފައެވެ.
އައިޝްވާރިޔާ އަކީ ހަގީގަތުގައި ވަރަށް ވިސްނުންތޫނު ވަރަށް ކެއާ ކޮށް، ކަންކަމާއި ކެތްތެރިވެ ކެރިގެން ކުރިމަތިލާ މީހެއް ކަމުގައި އަބީޝޭކް ވަނީ ހާމަކޮށްފައެވެ.
Is that it. Is this also news