ހޮލީވުޑްގެ ސުޕަރހީރޯ ފިލްމު ”ބްލެކް ޕެންތާ: ފޯއެވާ ވެކަންޑާ“ އަށް ދަނީ ހޫނު ތަރުހީބެއް ލިބެމުންނެވެ.
މިމަހު 11 ގައި ރިލީޒް ކޮށްފައިވާ މި ފިލްމު ދަނީ ދުނިޔޭގެ އެކި ކަންކޮޅު ތަކުގެ ސިނެމާ ތަކުގައިވެސް އަޅުވަމުންނެވެ. މީޑިއާ ތަކުން ހާމަކޮށްފައިވާ ގޮތުގައި މި ފިލްމަށް މިހާރު ވަނީ 619.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް ވެސް ލިބިފައި ކަމަށެވެ.
އެގޮތުން މި ފިލްމަކީ 250 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމުގެ ފުރަތަމަ ބަޔަކީ ވެސް އާއްމުންގެ މެދުގައި އެހާމެ ތަރުހީބު ބޮޑު ބައެކެވެ. އެގޮތުން 200 މިލިއަން ޑޮލަރުން ހެދި އެ ފިލްމަށް ވަނީ 1.382 ބިލއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ.
މީޑިއާ ތަކުން ހާމަކޮށްފައިވާ ބްލެކް ޕެންތާ 2 ގެ އާމްދަނީ ވެސް ބިލިއަނަކަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މި ފިލްމަށް ބޮޑު ތަރުހީބެއް ލިބެމުން ދިޔަ ނަމަވެސް މި ފިލްމުގެ ފުރަތަމަ ބައިގެ ލީދް ރޯލުން ފެނިގެން ދިޔަ އެކްޓަރު ޗާޑް ބޯޒްމަން ނެތުމުން އެކަމުގެ ހިތާމަ ކުރާ ކަމަށާއި ފިލްމު ބަލާއިރުގައި ވެސް އޭނާ ހަނދާންވާ ކަމަށް ބެލުންތެރިން ވަނީ ހާމަކޮށްފައެވެ.