އިންޑިއާގެ ޓީވީ ޑްރާމާ ތަކުން އާއްމުންގެ މެދުގައި މަގުބޫލުކަން ހޯދި އުރްފީ ޖާވިދުގެ ސަބަބުން ނޭދެވޭ އަސަރު ކުރާ ކަމަށް ލިޔުންތެރިޔާ ޗޭތަން ބާގަތް ހާމަކޮށްފިއެވެ.
ޗޭތަން މި ފަހުން އިވެންޓެއްގައި ވާހަކަ ދައްކަމުން ހާމަކޮށްފައިވާ ގޮތުގައި އުރްފީ ކަހަލަ މީހުން ދަނީ ނިވާ ކަން ކުޑަ ހެދުން އެޅުމާއި އެކަހަލަ ކަންތަކަށް ފާޅުކަން ބޮޑު ގޮތެއްގައި މީހުންއަށް ހިތްވަރުދީ އާއްމުންގެ މެދުގައި ބަރަހަނާ ހާލުގައި ހުންނަ ފޮޓޯ ތައް ހިއްސާ ކުރަމުން ކަމަށެވެ.
މިކަމަކީ މިހާރުން މިހާރަށް ފިޔަވަޅު އަޅައި ހުއްޓުވަން ޖެހޭނެ ކަމެއް ކަމަށާއި އޭނާގެ އެ ގޯސް އަހުލާގުގެ ސަބަބުން އެތައް ޒުވާނުންއެއް ހަލާކުވެގެން ދާކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ.
އުރްފީއަށް ދަނީ އާއްމުންގެ ގިނަ މީހުން ވެސް ފާޑު ކިޔަމުންނެވެ. މިކަމާއި ގުޅިގެން ނޫސްވެރިން ސުވާލު ކުރުމުން އުރްފީ ހާމަކޮށްފައިވާ ގޮތުގައި އޭނާ ލާ ހެދުމަކީ އޭނާގެ މިނިވަން ކަން ކަމަށާއި އޭނާ ގޯސް ގޮތަކަށް ނޫޅޭ ކަމަށެވެ.