ސްރީލަންކާއަށް އޮތް ކޮވިޑްގެ ނުރައްކާ ނިމުމަކަށް އައިސް އެގައުމުގައި ކޮވިޑްގެ ހާލަތު އިތުރަށް ގޯސްނުވާނެކަމަށް ކޮލޮމްބޯގެ ޗީފް މެޑިކަލް އޮފިސަރު ޑރ. ރުވަން ވިޖެޔަމުނީ ވިދާޅުވެއްޖެއެވެ.
ކޮލޮމްބޯ ސިޓީގެ އާބާދީއަށް ބަލާއިރު އޮނިކްރޯން ވޭރިއަންޓްގެ ސަބަބުން ބޫސްޓަރ ވެކްސިން ޖެހި މީހުންގެ އަދަދު ގިނަވެފައިވާކަމަށާއި މިކަމުގެ ސަބަބުން ކޮވިޑްގެ ހާލަތު އިތުރަށް ގޯސް ނުވާނެކަމަށް ވެސް ޑރ. ރުވަން ވިޖެޔަމުނީ ހާމަކޮށްފައިވެއެވެ.
މެޑިކަލް އޮފިސަރު ޑރ. ރުވަން ވިޖެޔަމުނީ ހާމަކޮށްފައިވާ ގޮތުގައި ކޮވިޑްއަށް ޕޮސިޓިވްވެގެން ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުން އަންނަ މީހުން ނިސްބަތުން މަދުވެފައިވާކަމަށް ވިދާޅުވިއެވެ. އަދި ފަންސާސް މީހުންގެ ތެރެއިން އެކަކު ޕޮޒިޓިވްވާއިރު މީގެ ތެރޭގައިވެސް ހިމެނެނީ ދޮށީ އުމުރުގެ މީހުންކަމަށް ވިދާޅުވިއެވެ.
މެޑިކަލް އޮފިސަރު ކޮވިޑް މަދުކަމަށް ވިދާޅުވެފައިވާއިރު، ކޮލޮމްބޯގައި ކޮވިޑްއަށް ޓެސްޓް ކުރެވޭ މިންވަރު ދަށްވެފައިވާކަމަށާއި ފާއިތުވި ހަފްތާއަށް ބަލާއިރު، ކޮލޮމްބޯ ސިޓީގައި ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 150 މީހުންކަމަށް ހެލްތް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ޑރ. ހެމަންތާއާއި ހަވާލާދީ މީޑިޔާތަކުގައި ބުނެފައިވެއެވެ.