ޖުމްހޫރީ ޕާޓީގެ ދަފްތަރުގައި އެ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ އަނބިކަނބަލުން ޓްރާންސްޕޯޓް މިނިސްޓަރު ޢާއިޝަތު ނަހުލާގެ ނަން ނެތް މައްސަލަ ފެންމަތިވެއްޖެއެވެ.
ޖޭޕީގެ ސްލޮޓެއްގައި ޓްރާންސްޕޯޓް މިނިސްޓަރުކަމުގައި ހުންނެވި ނަހުލާގެ ނަން ދަފްތަރުގައި ނެތް މައްސަލަ ފެންމަތިވީ މީގެ ދުވަސްކޮޅެއް ކުރިން އެ ޕާޓީގެ އެތެރޭގެ އިންތިޚާބުގެ މަސައްކަތަށް ދަފްތަރު ބެލުމުގެ ކަންތައް ކުރިއަށް ގެންދިއުމުގެ ތެރޭގައެވެ.
އެ ޕާޓީގެ ތަރުޖަމާނު ޢަލީ ޞާލިޙް ޕާޓީގެ ދަފްތަރުގައި ނަހުލާގެ ނަން އޮތް ނަމަވެސް އިލެކްޝަން ކޮމިޝަނުގެ ދަފުތަރަކު ނެތް ކަމަށާއި އެކަމަކު ނަން އުނިކުރަން އެދިފައެއްނުވާ ކަމަށެވެ.
މި މައްސަލަ ފެންމަތިވުމުން އީސީ ދަފްތަރުގައި ހިމެނުމަށް އަލުން ފޯމް ހުށަހަޅާފައިވާކަމަށް ޢަލީ ޞާލިޙް ވިދާޅުވިއެވެ.
އަނެއްކާ ޤާސިމްގެ އަނބިންގެ ލިސްޓްގައި ތިޔަނަން އެބައޮތްބާ! ކަށަވަރުކޮށްލަންޖެހޭ ކަމެއް.