އެމްޑީއޭގެ ސަރުކާރެއްގައި ދަރިންނަށް ޚަރަދު ނުދޭ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދޭނެކަމަށް އެ ޕާޓީގެ ރައީސް ދ.މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު (ސަން ސިޔާމް) މިރޭ ވިދާޅުވެއްޖެއެވެ.
ސިޔާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް މިހާރު ފެންނަނީ އެމްޑީއޭ ކުލައިގެ ޓީޝާޓު ލާތަން ކަމަށެވެ.
އެކަން ފާހަގަ ކުރެއްވުމަށްފަހު ސިޔާމް ވިދާޅުވީ އެމްޑީއޭގެ ސަރުކާރުގައި ކައިވެނި ރޫޅި ދަރިން ބިކަވާ އެކަނިވެރި މައިންނަށް، ކޯޓުގެ ތެރެއިން ދަރިންނަށް ޚަރަދު ނުދޭ ކަންކަން ބަލާނެ ކަމަށެވެ. އަދި އެ ކަންކަމަށް ދެކޮޅުޖެހޭ ދާއިމީ ހައްލެއް ގެނެސްދޭނެ ކަމަށެވެ.
ސިޔާމް ވަނީ އެމްޑީއޭގެ ސަރުކާރެއްގައި އިޖުތިމާޢީ ބޮޑެތި މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިދޭނެކަމަށް ވެސް ވިދާޅުވެފައެވެ.
އެމްޑީއޭއިން ވެރިކަމައްހިފާއިރު ސިޔާމު ވިސްނާލިންތޯ ތިމާގެހުރި ތަނަވަސް ކަމުގެ ތެރެއިން ޒައްރެއްގެ މިންވަރު ވެސް ނިކަމެތި ރައްޔިތަކައް ދޭން އެހީޔަކައްއެދި ނިކަމެތި މީހާ ފަގީރު މީހާ ކަލޭމެން ތިމުއްސަތި ފުދުންތެރިންގެ ކާރިޔައް ސަލާމް ޖަހަން ދިޔައިމާ ފޮނުވާލަނީ ރޮއްވާފަ އެކަމަކު ނަހީކުރެއްވި ފާހިޝް ކަމަކައް ވެއްޖެއްޔާ ހޭބަލިވާވަރައް ހަރަދު ކުރެވޭ ތިމީހުން ކަންދައްކަން އަނގައަރުވާ ރަޑާލިން ކޮބާވެރިކަމޭ ކިޔާއިރު ތިމީހުންގެ ލަދު