ކެނަބިސް ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި މީހަކު އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމަށް ހައިކޯޓުން ތާއީދުކޮށްފިއެވެ.
މި މައްސަލައިގައި ދަޢުވާ ކުރީ މާލެއަށް ނިސްބަތްވާ މީހެއްގެ މައްޗަށެވެ.
އޭނާގެ މައްޗަށް ދަޢުވާކުރީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ފާސްކޮށްގެންނާއި ކުރި ތަޙްޤީޤުން އޭނާގެ އަތުން މަސްތުވާތަކެތި ފެނުމުންނެވެ.
އެ ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅައި ޢުމުރަށް ޖަލަށްލުމާއެކު 100000 ރުފިޔާއިން އޭނާ ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ޙުކުމް ކުރުމުން އޭނާގެ ފަރާތުން ހައިކޯޓުގައި މައްސަލަ އިސްތިއުނާފު ކުރިއެވެ. ކްރިމިނަލް ކޯޓުން ޙުކުމްކުރީ ޤާނޫނާ ޚިލާފަށްކަމަށް ބުނެ އޭނާ ހުށަހެޅީ އެ ޙުކުމް ބާތިލުކުރުމަށް އެދިއެވެ.
ހައިކޯޓުން މިއަދު ކުރި ޙުކުމުގައި ބުނީ ދަށު ކޯޓުގެ ޙުކުމަށް ބަދަލެއް ގެންނަން ނުޖެހޭ ކަމަށާއި އެ ޙުކުމަށް ތާއީދު ކުރާ ކަމށެވެ.