ބ.އަތޮޅުގެ ހޮސްޕިޓަލުގައި ޑައިލިސިސްގެ ޚިދުމަތް ފަށައިފިއެވެ.
ބ.އޭދަފުށީގައި ހުންނަ އެ އެ ހޮސްޕިޓަލުގައި ޑައިލިސިސްއަށް ޚާއްސަ ޔުނިޓެއް ގާއިމުކޮށްފައިވަނީ މި އަހަރުގައެވެ. އެ ޔުނިޓުގައި މި ވަގުތު ހުރީ ތިން އެނދެވެ.
މި މަހުގެ ފުރަތަމަ ހަފުތާއިން ފެށިގެން ހޮސްޕިޓަލުން އަންނަނީ ޑައިލިސިސްއަށް އެޕޮއިންޓްމެންޓް ދޫކުރަމުންނެވެ.
ޑައިލިސިސް ސެންޓަރު ރަސްމީކޮށް ހުޅުވަން ހަމަޖެހިފައިވަނީ އަންނަ މަހުގެ ފުރަތަމަ ހަފުތާގައެވެ.
ހދ.ކުޅުދުށްފުށީ ހޮސްޕިޓަލުންނާއި ރ.އުނގޫފާރު ހޮސްޕިޓަލުންނާއި ގދ.ތިނަދޫ ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުންނާއި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ވެސް އަންނަނީ ޑައިލިސިސްގެ ޚިދުމަތް ދެމުންނެވެ.