ހޯމަ, އޮކްޓޯބަރ 2, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ޖަރުމަނާއި ސްޕެއިން މެޗު: ޖަރުމަނަށް މިރޭ ފައިނަލް މެޗެއް

ފަޚުރުއްޒަމާން މުޙައްމަދު ލިޔުނީ: ފަޚުރުއްޒަމާން މުޙައްމަދު
ނޮވެމްބަރ 27, 2022
ކުޅިވަރު
0
ޖަރުމަނާއި ސްޕެއިން މެޗު: ޖަރުމަނަށް މިރޭ ފައިނަލް މެޗެއް

ދުނިޔޭގެ ފުޓްބޯޅައިގެ ބޮޑު ބާރެއްކަމަށްވާ އަދި ކޮންމެ އަހަރަކު ވަރުގަދަ ލީގެއް ބާއްވާ ޖަރުމަން، މި އަހަރުގެ ވޯލްޑް ކަޕުގައި  ކުޅުނު ފުރަތަމަ މެޗުގައި ޖަޕާނުން ވަނީ މުޅިދުނިޔެ ހައިރާންކޮށް ޖަރުމަން 2-1 ލަނޑުން ބަލިކޮށްފައެވެ. އެ ބަލީގެ ވޭނާއި ހިތްދަތިކަން އިހުސާސް ކުރަމުން އައި ޖަރުމަނަށް މިރޭ 12.00ގައި ކުރިމަތިލާން ޖެހިފައި ވަނީ ވަރުގަދަ ސްޕޭނާއެވެ.

ހަރަކާތް އަވަސް އަދި ބަހާލައިގެން ބޯޅަ ކުޅޭ ސްޕޭނާ ވާދަކުރުމަކީ ޖަރުމަނަށް ކުރިމަތިލާންޖެހޭ ވަރަށް ބޮޑު އިމްތިހާނެކެވެ. ފުރަތަމަ މެޗުން ޖަޕާން އަތްދަށުވެފައިވާ ޖަރުމަނަށް ކުރިމަތިލާން ޖެހިފައިވާ ސްޕެއިން ޓީމަކީ ފުރަތަމަ މެޗުގައި ކޮސްޓަރިކާ އަތުން 7-0 އިން މޮޅުވެ އިތުބާރާއި ޔަގީންކަން ހޯދާފައިވާ ޓީމެކެވެ.                                             

މިރޭގެ މެޗުން ބަލިވުމަކީ ފޮށިތަންމަތި ބަނދެގެން ރަށަށް ފުރުންކަން ޖަރުމަން ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް ވެސް އެނގޭނެއެވެ. އަދި ގްރޫޕް ސްޓޭޖުން ކަޓައިގެން މުބާރާތުން ވަކިވާން ޖެހުމަކީ އެޓީމަށް މުޅިން އައު ކަމެއް ވެސް ނޫނެވެ. ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން 2014ގައި ހޯދި ޖަރުމަން 2018ގައި ގްރޫޕް ސްޓޭޖުން ބަލިވެގެން ގައުމަށް އެނބުރި ދާންޖެހުނެވެ.

ޖަރުމަނަށް ކުރިމަތިވެފައިވާ ޕްރެޝަރުގެ އެންމެ ބޮޑު އުދާސް ކުރިމަތިވެފައި ވަނީ ހެޑް ކޯޗު ހަންސީ ފްލިކް އަށެވެ. އޭނާގެ ކޯޗިން ހަޔާތުގައި ކުރަންޖެހިފައި އޮތް އެންމެ ބޮޑު މަސައްކަތަކީ މިރޭ ސްޕޭނުގެ މައްޗަށް ކާމިޔާބު ހޯދުމެވެ. އަދި އޭނާ ގަބޫލުކުރާ ގޮތުގައި އެއީ ކުރެވިދާވަރުގެ ކަމެކެވެ.

”ޓީމަށް އަދި ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް ވެސް އަބަދުވެސް ކުރިއެރުން ހޯދޭނެ. ޓީމުގައި ފެންވަރު އެބަހުރި. އެފެންވަރު އަދި އެ ހުނަރު ނުދެއްކެނީ.“ ކޯޗު ބުންޏެވެ. ”އަހަރެން ގަބޫލުކުރާ ގޮތުގައި އަހަރުމެންގެ ފެންވަރު ރަނގަޅު. އަހަރެން ޓީމަށް އިތުބާރު ކުރަން.“

ޖަރުމަނަކީ ފުޓްބޯޅައިގެ ކާމިޔާބު ތާރީޚެއް އޮތް އަބަދުވެސް އެންމެ މަތީ ފަންތީގައި ގުނާލެވޭ ގައުމެކެވެ. އެ ގައުމުން ވަނީ 1954، 1974، 1990، އަދި 2014 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ. އަދި 1966، 1982، 1986 ގެ  ފައިނަލްގައި ވެސް ޖަރުމަނު ކުޅެފައި ވެއެވެ.

ޖަރުމަނުގެ ކުޅުންތެރިއަކު ބޯޅަ ހިފައިގެން ކުރިއަށް ދަނީ: މިރޭ މޮޅުވުން މަޖުބޫރު

ކޯޗު ބުނި ގޮތުގައި ސްޕޭނާ ކުރިމަތިލާނީ ރަނގަޅު އަމާޒަކަށް ދަތުރުކުރުމަށެވެ. ރަނގަޅު ނަތީޖާއެއް ހޯދުމަށެވެ. އޭނާ ގަބޫލުކުރާ ގޮތުގައި ޖަރުމަން ޓީމު ރަނގަޅު މިސްރާބަކަށް ގެންދެވޭނެއެވެ.

ތާރީޚަށް ބަލާއިރު ގަބޫލުކުރަންޖެހޭ ހަގީގަތަކީ ވޯލްޑް ކަޕެއްގެ ފުރަތަމަ ދެ މެޗުން ސްޕެއިން މޮޅުވީ އެންމެ ތިން ފަހަރު ކަމެވެ. ނަމަވެސް މި ފަހަރު މުބާރާތުގައި ވާދަކުރަނީ ސްޕެއިންގެ ޒުވާން ޓީމަކަށް ވުމުން އަދި ކޯޗު ލުއިސް އެންރިކޭގެ އިރުޝާދުގެ ދަށުން އިންތިހާއަށް އެއްބައިވަންތަ ގުޅުން ބަދަހި ހުނަރުވެރި ވަރުގަދަ ޓީމެއްގެ ގޮތުގައި ސްޕޭން ފާހަގަވެފައިވެއެވެ.

ސްޕޭނަށް ވޯލްޑް ކަޕް ލިބިފައި ވަނީ 2010ގައި އެކަންޏެވެ. ނަމަވެސް އެގައުމުގެ ފުޓްބޯޅަ ލީގަކީ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ލީގުކަމަށް ވުމުން ފުޓްބޯޅައިގައި ސްޕޭނަކީ އަބަދުވެސް ދުނިޔޭގެ ނަޒަރު ހުއްޓިފައިވާ ގައުމެކެވެ.  

ސްޕޭން-ޖަރުމަން މެޗަކީ ވަރަށް ވާދަވެރި ވަރަށް ފޯރީގަދަ އަދި ކުޅުންތެރީންގެ ބުރަ މަސައްކަތާއި ހިތްވަރު ވަރަށް ބޮޑަށް ފެނިގެން ދާނެ މެޗެކެވެ. މެޗުން ބަލިވެއްޖެނަމަ ޖަރުމަނަށް މުބާރާތުގެ ގަދަ 16 އަށް ދަތުރު ކުރުމުގެ ހުރިހާ ދޮރެއް ބަންދު ވާނެއެވެ. އަދި ސްޕޭންއަށް ގަދަ 16 ޔަގީން ކުރެވޭނީ މެޗުން މޮޅުވުމުންނެވެ.

މެޗުގައި ގިނަ އިރު ބޯޅަ ހިފަހައްޓައި ގިނަ ޕާސް ކުރާނީ ލުއިސް އެންރީކޭގެ ކޯޗުކަމުގެ ދަށުން ކުޅޭ ސްޕޭނެވެ. އަދި މެދުތެރެއިން ހުނަރުވެރި ޒުވާން ޕެޑްރީގެ ޕާސްތައް ދަނޑުގެ އެކި ސަރަހައްދުތަކުގައި އުޅޭ ސްޕޭން ޓީމުގެ ކުޅުންތެރިންނަށް ވަރަށް ފުރިހަމައަށް ލިބެމުން ދާނެ އެވެ. ނަމަވެސް އޭގެ މާނައަކީ މެޗުން މޮޅުވުމުގެ ހުރިހާ ފުރުސަތެއް ޖަރުމަނަށް ގެއްލުމެއް ވެސް ނޫނެވެ.

Tags: ވޯލްޑް ކަޕްވޯލްޑްކަޕް 2022

ގުޅުންހުރި ލިޔުންތައް

ފުރަތަމަ 2 މެޗުންވެސް ކުޑަކާއްޓެއާއި އެޑަމްގެ ޕެއާ މޮޅުވެއްޖެ

ފުރަތަމަ 2 މެޗުންވެސް ކުޑަކާއްޓެއާއި އެޑަމްގެ ޕެއާ މޮޅުވެއްޖެ

ސެޕްޓެމްބަރ 14, 2023
ތައިލެންޑް ބަލިކޮށް ކިންގްސް ކަޕް އިރާގު ކާމިޔާބުކޮށްފި

ތައިލެންޑް ބަލިކޮށް ކިންގްސް ކަޕް އިރާގު ކާމިޔާބުކޮށްފި

ސެޕްޓެމްބަރ 14, 2023
އައިއޯއައިޖީގައި ރާއްޖެއިން 28 މެޑަލް ހޯދުމުން ޓީމަށް ކުލަގަދަ މަރުހަބާއެއް ކިޔަން ތައްޔާރުވަނީ!

އައިއޯއައިޖީގައި ރާއްޖެއިން 28 މެޑަލް ހޯދުމުން ޓީމަށް ކުލަގަދަ މަރުހަބާއެއް ކިޔަން ތައްޔާރުވަނީ!

ސެޕްޓެމްބަރ 4, 2023
ރާއްޖޭގެ ފިރިހެން ބެޑްމިންޓަން ޓީމު އައިއޯއައިޖީ ފައިނަލަށް ދަތުރުކޮށްފި

ރާއްޖޭގެ ފިރިހެން ބެޑްމިންޓަން ޓީމު އައިއޯއައިޖީ ފައިނަލަށް ދަތުރުކޮށްފި

އޯގަސްޓް 29, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ތައިރޮއިޑް މައްސަލަ ހުންނަ ނަމަ ކާންވީ މިތަކެތި

    ތައިރޮއިޑް މައްސަލަ ހުންނަ ނަމަ ކާންވީ މިތަކެތި

    0 shares
    Share 0 Tweet 0
  • ވާހަކަ: ޔާރު ތިޔެ މިހިތުގެ ޝިފާ… (ބާރަވަނަ ބައި)

    0 shares
    Share 0 Tweet 0
  • އައިޝްވާރިޔާ ދަރިފުޅުގެ ރަހުމަތްތެރިން ބައްދަލުކުރަން އެޕޮއިންޓްމެންޓް ހަދަންޖެހޭ

    0 shares
    Share 0 Tweet 0
  • ވާހަކަ: ޔާރު ތިޔެ މިހިތުގެ ޝިފާ… (އެގާރަވަނަ ބައި)

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In