ފުޓުބޯޅަ ފޯރި“ ގެ ނަމުގައި އުރީދޫން ސްޓިކާ ޕެކެއް ނެރެފި އެވެ.
ވައިބާ އަދި ޓެލެގްރާމް ބޭނުންކުރާ މީހުންނަށް އުރީދޫ އިން މިއަދު ނެރުނު ސްޓިކާޕެކް މިހާރު ހިލޭ ޑައުންލޯޑް ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ދިވެހި ލަފުޒުތައް ހިމެނޭ މި ސްޓިކާ ޕެކުގައި ”ސަޅި ގޯލު“، ”މިފަހަރު މޮޅުވާނެ“، ”ދަނޑުން ފައިބާ“ ފަދަ ލަފުޒުތައް ހިމެނޭ ސްޓިކާތަކެއް ވަނީ ހިމަނާފާ އެވެ
މިފަހަރު ފުޓުބޯޅައަށް ހާއްސަ ސްޓިކާ ޕެކެއް އުރީދޫން އާންމުކޮށްފައި މިވަނީ ވޯލްޑް ކަޕާއެކު ފުޓްބޯޅަ ފޯރި ދިވެހިންގެ ތެރޭގައި ގަދަވެފައިވާ ދުވަސްވަރެއްގަ އެވެ.