ރައްޔިތުންގެ މަޖިލީހުންގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ) އަށް ހަމަލާ ދޭން އުޅުނު މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދަށް 30 ދުވަސް ޖަހައިފި އެވެ.
ކޯޓް އަމުރެއްގެ ދަށުން އެ މައްސަލާގައި ހައްޔަރުކުރީ 18 އަހަރުގެ މީހެކެވެ. އޭނަގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ބަންދަށް މަސް ދުވަހެއްގެ މުއްދަތަކެއް ޖަހައި ބުނެފައި ވަނީ އެ ޒުވާނާ އަކީ ކުރިން ވެސް ކުށުގެ ރެކޯޑްތަކެއް އޮތް މީހެއް ކަމަށެވެ.
އޭނަގެ ބަންދާ މެދު ގޮތެއް ނިންމައި ގާޒީ ސޮފްވަތު ޙަބީބު ނެރުއްވި އަމުރުގައި ބުނީ އޭނާ ކަސްޓޯޑިއަލް ޖަލެއްގައި ބަންދު ކުރުމަށް އަމުރުކޮށްފައިވެ އެވެ. އޭނަގެ މައްޗަށް ފުލުހުން ކޮށްފައި ވަނީ މާރާމާރީއާއި ބިރު ދެއްކުމުގެ ކުށުގެ ތުހުމަތެވެ.
މޮސްޓާ ވިދާޅުވެފައިވާ ގޮތުގައި އޭނަ އަށް ހަމަލާދޭން އުޅުނީ ގެއިން ނުކުމެވަޑައިގެން ސައިކަލަށް އަރުއްވަން އުޅުއްވަނިކޮށްކަމަށެވެ.