ހދ. ނޮޅިވަރަންފަރު މެޖިސްޓްރޭޓް ކޯޓްގެ އިސްމެޖިސްޓްރޭޓް އަލީ އަހުމަދުގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖޭއެސްސީން ނިންމައިފިއެވެ.
ޖޭއެސްސީން ބުނީ އަލީ އަހުމަދު ފަނޑިޔާރެއްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި އިހުމާލުވެފައިވާ ކަމަށް ބެލެވޭ ޝަކުވާއެއް ތަހުގީގު ކުރުމަށް މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީއިން ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން އެ މައްސަލަ ބެލުމަށް ތަހުގީގު ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.
ޖޭއެސްސީ އަށް ފަނޑިޔާރުންނާއި ގުޅޭ ގިނަ މައްސަލަތަކެއް ހުށަހެޅޭއިރު އެ މައްސަލަތަކާއި މެދު ޖޭއެސްސީން އަންނަނީ ފިޔަވަޅުތައް އަޅަމުންނެވެ.