އިންޑިއާގެ މަޝްޙޫރު ތަރި ރާކީ ސާވަންޓަކީ އޭނާ ކުރާ ކޮންމެ ކަމަކުން ވެސް ނޫނސްތަކުގެ ފަލަ ސުރުހީއިން ޖާގަ ހޯދާ ފަންނާނެކެވެ.
އެގޮތުން މި އަހަރު އޭނާގެ 44 ވަނަ އުފަން ދުވަހާއި ގުޅުވާއިން އޭނާގެ ލޯބިވެރިޔާ އާދިލް ޙާން އާއި ރާކީގެ އެކުވެރިން ވަނީ އެއާޕޯޓުގައި ރާކީގެ އުފަން ދުވަސް ފާހަގަ ކޮށްފައެވެ. އާދިލް ހާމަކޮށްފައިވާ ގޮތުގައި އެއާ ޕޯޓުގައި ރާކީގެ އުފަން ދުވަސް ފާހަގަކޮށްފައިވަނީ ރާކީގެ ސަޕޯޓަރުން އާއި އެކު ފާހަގަ ކުރުމަށް ކަމަށެވެ.
އެގޮތުން ރާކީ ވަނީ 5 ކޭކު އެއާޕޯޓުގައި ފަޅާފައެވެ. މީޑިއާ ތަކުން ހާމަކޮށްފައިވާ ގޮތުގައި އެއީ އޭނާގެ ލޯބިވެރިޔާގެ އިތުރުން އޭނާގެ ސަޕޯޓަރުން އޭނާއަށް ދީފައިވާ ކޭކު ކަމަށެވެ.
ރާކީ ހާމަކޮށްފައިވާ ގޮތުގައި މިއަހަރުގެ އުފަން ދުވަސް ނިމިގެން ދިޔައީ ވަރަށް ވެސް ފުރިހަމަކޮށް ކަމަށާއި އަދި އޭނާއަށް ސަޕްރައިޒް ދިނުމުގައި ބައިވެރިވި އެންމެނަށް ރާކީ ވަނީ ޝުކުރު ވެސް އަދާ ކޮށްފައެވެ.