2030 ގެ ނިޔަލަށް އަންހެނުންނަށް ކުރާ އަނިޔާ ނައްތައިލުމަކީ އަމާޒެއްކަމަށް އެޗްއާރްސީއެމްއިން ބުނެފިއެވެ.
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި މިރޭ ވާހަކަ ދައްކަވަމުން އެޗްއާރްސީއެމްގެ ބޭފުޅުން ވިދާޅުވީ އަންހެނުންނަށް ގެވެށި އަނިޔާ ލިބެމުންދާ އިންސައްތަ ދުވަހަކަށްވުރެ ދުވަހަކު އިތުރުވަމުންދާ ކަމަށެވެ.
އަދި މިހާރުގެ ތަފާސްހިސާބުތަކަށް ބަލާލާއިރު ކޮންމެ ތިން އަންހެނެއްގެ ތެރެއިން އެކަކީ ކޮންމެވެސް ކަހަލަ އަނިޔާއެއް ތަހައްމަލު ކުރަމުންދާ މީހުން ކަމަށެވެ.
”އެއީ ޖިސްމާނީ އަނިޔާއެއް ވިޔަސް ނަފްސާނީ އަނިޔާއެއް ވިޔަސް ކޮންމެވެސް އަނިޔާއެއް ލިބިފައިވާ މީހެއްކަން މައްސަލަތަކުން އެބަ ދައްކާ. އެހެންވީ ހަގީގަތުގަ ރައްކާތެރިކަން އޮތެކޭ ވެސް އަޅުގަނޑުމެންނަށް ދެންނެވޭކަށްނެތް.“
އެ ގޮތުން އެޗްއާރްސީއެމްގެ އަމާޒަކީ 2030 ގެ ނިޔަލަށް އަންހެނުންނަށް ކުރާ އަނިޔާ ނައްތައިލުމުވެ.
Contract marriage thaaraf kurey. Hurihaa kamah halluvaane. Western usool thakaa islaamee usool modegen kuriakah nudheveyne. Kommeves ekacheh ihuthiyaar kurey