ރ.ދުވާފަރު ކައުންސިލަށް މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި އިލެކްޝަނުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފިއެވެ.
ދުވާފަރު ކައުންސިލަށް މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި އިލެކްޝަން އޮންނާނީ އަންނަ ޑިސެންބަރުމަހުގެ 24 ވާ ހޮނިހިރު ދުވަހުއެވެ.
ދުވާފަރު ދާއިރާއަށް ވާދަކުރަނީ ޕީޕީއެމްގެ ފަރާތުންނާއި އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓެކެވެ.
ނަންތައް ތަރުތީބު ކުރެވިފައިވާ ގޮތް:
ކެންޑިޑޭޓް ނަންބަރު 01: އަޙްމަދު ޙުސައިން، ރިހިތަޅާގެ/ރ.ކަނދޮޅުދޫ ( އަމިއްލަގޮތުން )
ކެންޑިޑޭޓް ނަންބަރު 02: ފާޠިމަތު ޢަލީ، އަސަރީގެ/ ރ.ކަނދޮޅުދޫ (ޕީޕީއެމް)
ޑިސެމްބަރުގެ 24 ގައި ވ.ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ފަސް މެންބަރަކު އިންތިޚާބު ކުރަން ބާއްވާ ބައި އިލެކްޝަން ވެސް އޮންނާނެއެވެ.