ޅ.އަތޮޅުގައި ފެށި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ފެރީގެ ޚިދުމަތަށް އަހުލުވެރިކުރުވުމުގެ ދަތުރުތަކުގެ މުއްދަތު އިތުރުކޮށްފިއެވެ.
ޅ.އަތޮޅުގައި އާރްޓީއެލް ދަތުރުތައް ފެށީ މި މަހުގެ 22 ގައެވެ.
ޕްލޭނިންގ މިނިސްޓްރީން ކަނޑައަޅާފައި އޮތީ މި މަހުގެ 28 ގެ ނިޔަލަށް ހިލޭ ދަތުރުތައް ކުރެވޭ ގޮތަށެވެ.
މިނިސްޓްރީން މިއަދު ބުނީ ޅ.އަތޮޅުގައި އާރްޓީއެލްގެ ދަތުރުތައް ފެށުމުގެ ގޮތުން މިހާރު ކުރިޔަށްދާ “އަހުލުވެރި ކަމުގެ ދަތުރު“ ގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ
”މި ދަތުރުތަކުގައިވެސް އަގެއް ނުނެގޭނެ“ މިނިސްޓްރީން ބުންޏެވެ.
ނަމަވެސް މުއްދަތު އިތުރުކުރީ ކޮން ދުވަހެއްގެ ނިޔަލަށްކަމެއް ހާމައެއް ނުކުރެއެވެ.
ޅ.އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ދެމުންދަނީ ތިން ރޫޓަކަށެވެ. އެ އަތޮޅުގައި އެ ޚިދުމަތްދެނީ 35 ރ. އާއި 125 ރ. އާ ދެމެދުގެ އަގެއްގައެވެ.