އެއްވެސް އަގަކާ ނުލައި ޤައުމީ ދާރުލްއާސާރަށް ވަނުމުގެ ފުރުސަތު މިއަދު ހުޅުވާލުމާ ގުޅިގެން 1000 އަށްވުރެ ގިނަ މީހުން އެ ތަނަށް ޒިޔާރަތްކޮށްފިއެވެ.
އެއްވެސް އަގަކާ ނުލައި ޤައުމީ ދާރުލްއާސާރަށް ވަނުމުގެ ފުރުސަތު ހުޅުވައިލީ ދާރުލްއާސާރަށް 70 އަހަރު ފުރުމާއި ގުޅިގެންނެވެ.
އެ ގޮތުން ދާރުލްއާސާރަށް ވަނުމުގެ ފުރުސަތު ހުޅުވައިލީ މިއަދު ހެނދުނު 10:00 އިން ހަވީރު 6:00 އަށެވެ. އެ ފުރުސަތުގައިި 1000 އަށްވުރެ ގިނަ މީހުން އެ ތަނަށް ޒިޔާރަތްކޮށްފައިވާ ކަމަށް ދާރުލްއާސާރުން ބުންޏެވެ.
ދާރުލްއާސާރަށް ވަނުމަށް އަބަދުވެސް ފީއެއް ނަގައެވެ. އެ ގޮތުން 16 އަހަރުން މަތީގެ ދިވެހިންނަށް 20 ރ. ނަގާއިރު ފަސް އަހަރާއި 16 އަހަރާ ދެމެދުގެ ދިވެހިންނަށް ނަގަނީ 10 ރ. އެވެ. 16 އަހަރުން މަތީގެ ބިދޭސީން އަތުން 100 ރ.ނަގާއިރު ފަސް އަހަރާއި 16 އަހަރާ ދެމެދުގެ ބިދޭސީންނަށް ނަގަނީ 20 ރ. އެވެ.