ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާއާއި ގުޅުންހުރި ކޮރަޕްޝަންގެ މައްސަލައެއް އަމިއްލަ ފަރާތަކުން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިފިއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް އާދަމް ޝާމިލަށް އެޑްރެސްކޮށް އަމިއްލަ ފަރާތަކުން ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަންއިން އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދިނުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ގަވާއިދާއި ޚިލާފަށް ގިނަ އުޅަނދުތަކެއް ރަޖިސްޓްރީ ކޮށްދީ އެކަމުން މާލީ ތަނަވަސްކަން ހޯދަމުންދާކަމުގެ މައުލޫމާތު އޭނާއަށް ލިބިފައިވާކަމަށާއި، އެކަން އޭސީސީގެ ސަމާލުކަމަށް ގެނައުމަށް އޭނާ ބޭނުންވާ ކަމުގައެވެ.
އަދި އޭނާގެ ސިޓީގައި ތުހުމަތު ކޮށްފައިވާ ގޮތުގައި ނަހުލާގެ އިތުރުން އެކަމުގައި އެ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރަކުވެސް ޝާމިލުވާ ކަމަށް ސިޓީގައި ބުނެފައި ވެއެވެ.
އޭސީސީއަށް ކޮރަޕްޝަންގެ މައްސަލަ ހުށަހެޅި ފަރާތުން އެދިފައިވަނީ އެ މުވައްސަސާއިން މައްސަލަ ތަހުގީގު ކޮށްދިނުމަށެވެ.
Thigoyyemenge thizaathuge kankama ai ehenihen kulhivarutha hurumakee hunnaane kan emmena saafuko engeyne theethisalhi vegen ulhenee Ibu adhi Gasim ah thi echakee kada echekkan dhanna meehun vara Gina yoala