ހޯމަ, އޮކްޓޯބަރ 2, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ބްރެޒިލްގެ އެންމެ މުހިއްމު ކުޅުންތެރިޔާ ނޭމާއަށް އަނިޔާ: ކުޅެން ފެށޭނެ ދުވަހެއް ޔަގީނެއް ނޫން!

ފަޚުރުއްޒަމާން މުޙައްމަދު ލިޔުނީ: ފަޚުރުއްޒަމާން މުޙައްމަދު
ނޮވެމްބަރ 26, 2022
ކުޅިވަރު
0
ބްރެޒިލްގެ އެންމެ މުހިއްމު ކުޅުންތެރިޔާ ނޭމާއަށް އަނިޔާ: ކުޅެން ފެށޭނެ ދުވަހެއް ޔަގީނެއް ނޫން!

ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ސާބިއާ އަތުން 2-0 އިން ބްރެޒިލް މޮޅުވި މެޗުގައި ބްރެޒިލްގެ ފޯވާޑު ނޭމާގެ ކަނާތު ފައިގެ ކުޑަހުޅަށް ލިބުނު ގެއްލުމަކާ ގުޅިގެން އޭނާއަށް ކުޅެވޭނެ ދުވަހެއް ނޭނގި ދަނޑު ބޭރުގައި ހުންނަން ޖެހިއްޖެއެވެ.

ސްކޭންތަކުން ދައްކާ ގޮތުގައި ނޭމާގެ ކުޑަ ހުޅުގެ މަސްގަނޑަށާއި ކަށިގަނޑަށް ވަނީ އަނިޔާ ވެފައެވެ. އަދި ގްރޫޕް ސްޓޭޖުގައި ބްރެޒިލް, ސްވިޒަލޭންޑާއި ކެމަރޫންއާ ދެކޮޅަށް ކުޅޭ މެޗުގައި ނޭމާއަށް ނުކުޅެވޭނެކަން ވަނީ ޔަގީން ވެފައެވެ.

ނޭމާއަށް އަނިޔާވީ ސާބިއާގެ ނިކޮލާ މިލެންކޮވިޗް ނޭމާގެ ކަނައަތު ފައިގެ ކުޑަހުޅަށް މެޗުގެ 79 ވަނަ މިނިޓުގައި ދިން ވަރުގަދަ ހަމަލާއަކާ ގުޅިގެންނެވެ. ބްރެޒިލް ޓީމުގެ ސިއްހީ ޓީމުން ހާމަކުރިގޮތުގައި އޭނާގެ ކުޑަ ހުޅުގެ މަސްގަނޑަށާއި ކަށިގަނޑަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެ ތަދުވެފައެވެ. ނޭމާގެ ފަޔަށް ދިން ހަމަލާއާ ގުޅިގެން އޭނާގެ ކުޑަހުޅު ވަރަށް ބޮޑަށް ދުޅަވެފައިވާ މަންޒަރު ދައްކައިދޭ ފޮޓޯތަކެއް ފަހުން ވަނީ އާއްމުވެފައެވެ. ނޭމާއަށް އަނިޔާވެގެން ދަނޑުން ބޭލުމުގެ ކުރިން އޭނާގެ ފަޔަށް ނުވަ ފަހަރު އިދިކޮޅު ޓީމުގެ ކުޅުންތެރިން ހަމަލާ ދީފައިވެއެވެ. ޤަޠަރު ވޯލްޑް ކަޕްގައި ނޭމާއަށް ހަމަލާދިން ވަރަށް އަދި އެހެން ކުޅުންތެރިއަކަށް ހަމަލާ ދީފައެއް ނުވެއެވެ. ނޭމާގެ ކުޅުން ހުއްޓުވުމަށް އިދިކޮޅު ކުޅުންތެރީންނަށް ޖެހެނީ ނޭމާ ކަނޑާ ވައްޓާލާށެވެ.

މެޗު ނިމެން ދިހަ މިނެޓަށް ވެފައިވަނިކޮށް ނޭމާ ދަނޑުން ބޭލުމުގެ ކުރިން އޭނާއަށް ދަނޑު މަތީގައި އެތައް ފަރުވާއެއް ދިނެވެ. ނަމަވެސް ކުޅުން އިތުރަށް ކުރިއަށް ގެންދެވޭވަރު ނުވެގެން އޭނާ ޖެހުނީ ބާލާށެވެ.

ނޭމާ ދަނޑުން ފައިބައިގެން ދަނީ: ކުޅެވޭނެ ދުވަހެއް ނޭނގޭ

ބްރެޒިލް ވޯލްޑް ކަޕްގައި ކުޅެން ޖެހޭ ދެވަނަ އަދި ތިންވަނަ މެޗުގައި ނޭމާއަށް ނުކުޅެވޭނެ ކަމަށާއި ނަމަވެސް ފައިގެ ކުޑަހުޅަށް  ލިބުނު އަނިޔާއަށް ފަރުވާ ދިނުމުގައި އޭނާ ސްކޮޑުގައި ދެމިހުންނާނެ ކަމަށް ޓީމުގެ ޑޮކްޓަރު ހުކުރު ދުވަހު ބުނެފައިވެއެވެ.

އަނިޔާވެ މެޗުން ވަކިވާން ޖެހުނަސް ނޭމާ ވަނީ ޓީމު ހޯދި ކާމިޔާބީއާ މެދު ފަޚުރުވެރި ވެފައެވެ.

”ސާބަސް ޓީމު!“ އޭނާ ބުނެފައި ވެއެވެ.

ނޭމާ ބުނި ގޮތުގައި އުނދަގުލުން ނަމަވެސް މެޗުން މޮޅުވީތީ އުފާކުރަން ޖެހެއެވެ.

”ފުރަތަމަ ފިޔަވަޅު ކާމިޔާބު. އިތުރު ހަ ފިޔަވަޅަށް ދާން ޖެހޭ.“ އޭނާ ބުނެފައިވެއެވެ.

ސާބިއާ މެޗުގައި ބްރެޒިލްއިން ދެއްކީ ނޭމާ ކުޅުނަސް، ނުކުޅުނަސް ތަށި ހޯދުމުގެ ފެންވަރު ޓީމުގައި އެބަ ހުރިކަމެވެ. އަދި ވޯލްޑް ކަޕް 2022 ގައި ޤަޠަރުގައި ވެރިކަން ކުރަނީ ބްރެޒިލް ކަމެވެ. ވާގޮތެއް ބަލަން އިންތިޒާރު ކުރަމާ ހިނގާށެވެ!

ބައެއް ޓީމުތަކުން ނޭމާއަށް އަނިޔާވާން އެދުނަސް ފުޓްބޯޅައަށް ލޯބިކުރާ އެތައް މިލިއަން ބަޔަކު ބޭނުން ވަނީ ދަނޑުމަތީގައި ނޭމާ ޖާދޫ ހަދާތަން ދެކޭށެވެ. އެ މީހުން ގަބޫލު ކުރަނީ ނޭމާއަށް ލިބުނީ  މާ ސީރިއަސް އަނިޔާއެއް ނޫންކަމަށެވެ. ޚާއްސަކޮށް ފުރަތަމަ މެޗުގައި ނޭމާ ދެއްކި ކުޅުން ތަމްސީލުކޮށްދޭނެ އެހެން ކުޅުންތެރިއަކު ނެތިއްޔާ މެޗަކަށްފަހު މެޗެއް ބެލުމުގެ އޮތީ ކޮން އުފަލެއް ހެއްޔެވެ؟

ގުޅުންހުރި ލިޔުންތައް

ވިސާ ހަމަޖެހި ޕާކިސްތާނުގެ ކްރިކެޓް ޓީމް އިންޑިޔާއަށް ހިނގައްޖެ

ވިސާ ހަމަޖެހި ޕާކިސްތާނުގެ ކްރިކެޓް ޓީމް އިންޑިޔާއަށް ހިނގައްޖެ

އޮކްޓޯބަރ 2, 2023
ފުރަތަމަ 2 މެޗުންވެސް ކުޑަކާއްޓެއާއި އެޑަމްގެ ޕެއާ މޮޅުވެއްޖެ

ފުރަތަމަ 2 މެޗުންވެސް ކުޑަކާއްޓެއާއި އެޑަމްގެ ޕެއާ މޮޅުވެއްޖެ

ސެޕްޓެމްބަރ 14, 2023
ތައިލެންޑް ބަލިކޮށް ކިންގްސް ކަޕް އިރާގު ކާމިޔާބުކޮށްފި

ތައިލެންޑް ބަލިކޮށް ކިންގްސް ކަޕް އިރާގު ކާމިޔާބުކޮށްފި

ސެޕްޓެމްބަރ 14, 2023
އައިއޯއައިޖީގައި ރާއްޖެއިން 28 މެޑަލް ހޯދުމުން ޓީމަށް ކުލަގަދަ މަރުހަބާއެއް ކިޔަން ތައްޔާރުވަނީ!

އައިއޯއައިޖީގައި ރާއްޖެއިން 28 މެޑަލް ހޯދުމުން ޓީމަށް ކުލަގަދަ މަރުހަބާއެއް ކިޔަން ތައްޔާރުވަނީ!

ސެޕްޓެމްބަރ 4, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ތައިރޮއިޑް މައްސަލަ ހުންނަ ނަމަ ކާންވީ މިތަކެތި

    ތައިރޮއިޑް މައްސަލަ ހުންނަ ނަމަ ކާންވީ މިތަކެތި

    0 shares
    Share 0 Tweet 0
  • ވާހަކަ: ޔާރު ތިޔެ މިހިތުގެ ޝިފާ… (ބާރަވަނަ ބައި)

    0 shares
    Share 0 Tweet 0
  • އައިޝްވާރިޔާ ދަރިފުޅުގެ ރަހުމަތްތެރިން ބައްދަލުކުރަން އެޕޮއިންޓްމެންޓް ހަދަންޖެހޭ

    0 shares
    Share 0 Tweet 0
  • ވާހަކަ: ޔާރު ތިޔެ މިހިތުގެ ޝިފާ… (އެގާރަވަނަ ބައި)

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In