ރާއްޖޭގެ ރައްޔިތުންގެ ސިއްހަތު ދެނެގަތުމަށް ޕްރޮގްރާމެއް ފެށުމަށް ނިންމާފައިވާ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ނަސީމް އެހެން ވިދާޅުވީ ސަރުކާރަށް ހަތަރު އަހަރު ފުރުމާއި ގުޅިގެން ޕީއެސްއެމް ނިއުސްއިން ގެނައި ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ.
”ކެންސަރު ބައްޔާއި ހަކުރު ބައްޔާއި، ލޭމައްޗަށް ދިއުމާއި، ކިޑްނީގެ ބަލިތައްފަދަ އެތައް ބައްޔަކަށް ދިވެހިން ހުށައެޅިފައިވީނަމަވެސް ބަލީގެ ކުރީކޮޅު ގިނަ މީހުން ސިއްޙީ ފަރުވާ ހޯދަމުން ނުދޭ. އެކަން އެހެންވަނީ އެމީހެއްގެ ސިއްޙީ ހާލަތު ރެކޯޑު ކުރެވިފައިނުވުމުން. އެހެންކަމުން ގައިންގަޔަށް ނާރާ ބަލީގެ ހާލަތު ދެނެގަތުމަށް ޚާއްޞަ ޕްރޮގްރާމެއް އަންނަ އަހަރުގެ އެންމެ ކުރީކޮޅު ހިންގުމަށް ނިންމާފައި ވަނީ.“ މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.
ރާއްޖޭގައި ސިއްހީ ކަންކަމުގެ ރެކޯޑް ވެސް އެންމެ އެކަށީގެންވާގޮތުގައި ބެލެހެއްޓެމުން ނުދާކަމަށް ކަމަށާއި ބައެއް ބަލިތައް މަދުކޮށް ނުވަތަ ނައްތާލުމަށް ރާއްޖެއިން މަސައްކަތްކުރާއިރު، ސިއްޙީ ރެކޯޑް ނުވަތަ ތަފާސް ހިސާބުތައް ބެލެހެއްޓުމުގެ މުހިންމުކަމަށް ވިދާޅުވިއެވެ.
ކަމަކީ ކިތައްމެހާވެސް ރަނގަޅުކަމެއް އެކަމަކުވެސް މަސްއަލަޔަކީ ދައްކާވާހަކަޔާ އަމަލާ ދިމާނުވާތީ ކޮނމެ ފަހަރަކު ވޯޓު ހޯދަން ރައްޔިތުން ގުބޯ ހައްދަން ތިކަހަލކިތައްމެ ވާހަކައ ދައްކާފަ ރައްޔަތުން ޅޮސް އުދޯއްޔައް ލައިފި މިހާރު ރައްޔިތުން އެހާ ގަމާރެއް ނުވާނެ ވަރައް ސަލާމް