ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ)އަށް ހަމަލާ ދޭން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ
.މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން 18 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށާއި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.
މޮސްޓާއަށް ހަމަލާ ދީގެން މީހަކު ހައްޔަރުކޮށްފައިވާއިރު މިދިޔަ އަންގާރަ ދުވަހު އާޓިފިޝަލް ބީޗު ކައިރީގައި މޮސްޓާގެ ރަހްމަތްތެރިއެއް ގައިގައި ތަޅައި މާރާމާރީ ހިންގާފައިވެއެވެ.
އެ މާރާމާރީގެ ވީޑީއޯ ވެސް މީސް މީޑީއާގައި އާންމުވެފައިވާއިރު ހާދިސާ ހިނގި ވަގުތު މޮސްޓާ ވެސް އެ ސަރަހައްދުގައި ހުންނެވިއެވެ. އެދުވަހު މޮސްޓާއަށް އަނިޔާއެއް ލިބިވަޑައިގެންފައި ނުވެއެވެ.