ޑިޕާޓްމަންޓް އޮފް ނޭޝެނަލް ރަޖިސްޓްރޭޝަން، ޑީ.އެން.އާރުގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް ކުރިމަތިލުމަށް ސިވިލް ސަރވިސް ކޮމިޝަނުން ހުޅުވާލައިފިއެވެ.
ސީއެސްސީ އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ޑީއެންއާރުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިިވާ ކަމަށެވެ.
އެން.އާރުގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް ޝަޢުގުވެރިވާ ފަރާތްތަކުން އެ މަޤާމަށް ކުރިމަތިލުމަށް ސިވިލް ސަރވިސް ކޮމިޝަނުން ހުޅުވާލާފައިވަނީ އަންނަ ޑިސެމްބަރުމަހުގެ އެކެއްވާ ބުރާސްފަތި ދުވަހުގެ މެންދުރު 2 ޖެހުމާއި ހަމައަށެވެ. އަދި މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއުއާއި، ޕްރެޒެންޓޭޝަން އަދި އިމްތިޙާނު އަންނަމަހުގެ 6 އާއި 29 އާއ ދެމެދު ކުރިއަށްދާނެކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވެއެވެ.
އެ މަގާމަށް ހޮވޭ ފަރާތަކަށް މުސާރައިގެ ގޮތުގައި ސާވިސް އެލެވެންސާއި، ސަޕޯޓިންގ ކޯ އެލަވެންސް ހިމެނޭހެން 17،390ރ. ލިބޭނެ ކަމަށާއި ބޭސްފަރުވާގެ ހިދުމަތާއި، ރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނުގެ ދަށުން ލިބޭ ޕެންޝަން ކޮންޓްރިބިއުޝް އަދި ސީއެސްސީގެ އުސޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ ވެސް ލިބޭނެ ކަމަށް ސީއެސްސީގެ އިއުލާންގައިވެއެވެ.