މާލޭ ސޯސަން ރޫޓްގެ ބަހުގެ ހިދުމަތް ވަގުތީގޮތުން ހުއްޓާލައިފިއެވެ.
އެމްޓީސީސީ ބުނީ މިއަދު ހެނދުނު 5:46 އިން 13:00 ސޯސަން މަގު ބަންދުކުރާކަން ފުލުހުން އެ ކުންފުންޏަށް އަންގާފައިވާތީ އެވަގުތުތަކުގައި އެރޫޓްގެ ބަސް ދަތުރު ނުކުރާނެ ކަމަށެވެ.
އަދި ފުލުހުން އެ މަގު އަލުން ހުޅުވާލުމުން ސޯސަން ރޫޓް ދަތުރުތައް ފެށޭނެކަމަށްވެސް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީ ބަހުގެ ހިދުމަތް ދުވާލަކު އެތައް ރައްޔިތުންނެއް ބޭނުން ހިފައެވެ.