ދަބަހުގައި ބޮމެއް އޮތްކަމަށް ބުނި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ދަބަހުގައި ބޮމެއް އޮތް ކަމަށް އެމީހާ ބުނީ ހުޅުމާލޭ ބީޗް ކްލަބަށްވަދެ ކަމަށެވެ.
އާންމުން މީހަކު ފުލުހުންނަށް އެ މައްސަލަ ރިޕޯޓްކުރީ ރޭގެ ވަގުތެއްގައި ކަމަށާއި އެ މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ވިދާޅުވި އެވެ.
މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ފުލުހުން ވަނީ ވިދާޅުވެފަ އެވެ