ރިޔާސީ އިންތިހާބުގެ ތައްޔާރީތަކާއި ގުޅިގެން އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ފަރާތުން ފޮރިން މިނިސްޓްރީއާ މަޝްވަރާކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ކުރި ޓްވީޓެއްގައި ބުނެފައިވާ ގޮތުން އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރާއްޖޭން ބޭރުގައި ވޯޓްފޮށި ބެހެއްޓުމަށް ހަމަޖައްސަން ޖެހޭ އިންތިޒާމްތަކާއި ގުޅޭގޮތުން ފޮރިން މިނިސްޓްރީ އާ އެކު މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
ރިޔާސީ އިންތިހާބުގައި ރާއްޖެއިން ބޭރުގައި ދިވެހިން އުޅޭ ގައުމުތަކުގައި ވޯޓްލުމަށް ރަޖިސްޓްރީ ވާ ފަރާތްތަކުން ވޯޓް ލުމަށް ހާއްސަ ކޮށް ވޯޓް ފޮށި ބަހައްޓައެވެ.