ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އަށް ޖަމާކުރާ ކުނި ބޭނުންކޮށްގެން ޗާކޯލް އާއި ގަސް ކާނާ އުފައްދައިގެން ދިވެހި ބާޒާރުގައި ވިއްކަން ފަށާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖް ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގައި ވާހަކަ ދައްކަމުން ސިރާޖު ވިދާޅުވި އެކަމަށްޓަކައި ވާން ޖެހޭ ތައްޔާރީތަކާއި ކުރަން ޖެހޭ މަސައްކަތްތައް އެ ކުންފުނިން މިހާރު ވަނީ ފަށާފަ އެވެ. އަދި އަންނަ އަހަރު ކުރީކޮޅު ވެމްކޯ އިން ޗާކޯލް އުފައްދާ ބާޒާރަށް ނެރޭނެ އެވެ.
އަދި މި ވަގުތަށް ދިވެހި ބާޒާރަށް ނެރެގެން އެ ތަކެތި ވިއްކުމަށް ކުންފުނިން ވިސްނާފައި އޮތް ނަމަވެސް ކުރިއަށް އޮތް ތަނުގައި ރާއްޖެ އަންނަ ޓުއަރިސްޓުންނަށް އަމާޒުކޮށްގެން އެ ތަކެތި ވިއްކުމުގެ ވިސްނުމެއް އެބަ އޮތް ކަމަށް ސިރާޖު ވިދާޅުވި އެވެ.